"ޓާގެޓަކީ 2024 ވަނަ އަހަރު ކެރަމް އިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދުން": ޖިހާދު

އަމާޒަކީ ފަސް އަހަރުގެ ތެރޭ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް ގައި ރާއްޖެ އިން ގޯލްޑް މެޑަލް ހޯދުން ކަމަށް ކެރަމް އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ޖިހާދު ވިދާޅުވެއްޖެ އެވެ. މިހާރު ކުރިއަށްދާ އިންޑިއާ މޯލްޑ...

07 Oct 2019 | 06:51

އަމާޒަކީ ފަސް އަހަރުގެ ތެރޭ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް ގައި ރާއްޖެ އިން ގޯލްޑް މެޑަލް ހޯދުން ކަމަށް ކެރަމް އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ޖިހާދު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ އިންޑިއާ މޯލްޑިވްސް ކެރަމް ޓެސްޓް ސީރީސް އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ، ރާއްޖެ އޮތީ ކެރަމް އިން ގޯލްޑް އަދި ސިލްވާ ހޯދާ ގައުމުތަކާއި މާ ދުރުގައި ނޫން ކަމަށާއި، ރާއްޖެ އޮތީ ތިން ވަނައިގައި ކަމަށެވެ.

"އެހެންކަމުން ސަރުކާރުން ކަނޑައަޅާފައިވާ ސްޓެރެޓެޖީ އާ އެއްގޮތަށް އަޅުގަނޑުމެން މި އަމާޒުކުރަނީ މިހާތަނަށް ކެރަމް އިން ހޯދާފައިނުވާ ވަރުގެ ބޮޑު ކާމިޔާބީއެއް ހޯދުމަށް. ދާދި ފަހުން މިނިސްޓަރ މަހްލޫފް އާއެކު ބޭއްވުނު ކާމިޔާބު މަޝްވަރާތަކަށްފަހު އަޅުގަނޑުމެންނަށް މި ކާމިޔާބު ހޯދިދާނެކަމުގެ އިތުރު ޔަގީންކަން މިވަނީ ލިބިފަ. މާތް ﷲގެ އިރާދަފުޅާއެކު އަޅުގަނޑުމެންނަށް ސަރުކާރުން ކުރާ ހޭދައިގެ ބަދަލުދޭނީ ގޯލްޑް މެޑަލްއިން" ޖިހާދު ވިދާލުވިއެވެ.

އިނގިރޭސިވިލާތުގައި އެންމެ ފަހުން ބޭއްވި ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ހޯދި ފައިވަނީ 2 ބްރޯންޒް މެޑަލް އެވެ. އެ މުބާރާތުގެ އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ އިންޑިއާ އިންނެވެ. އިންޑިއާއިން ވަނީ ހަތަރު ރަން މެޑަލް އާއި އެކު ޖުމްލަ 11 މެޑަލް ހޯދައިފައެވެ.

ޖީހާދު ވިދާޅުވީ، ރާއްޖެއިން އަންނަ މިއަހަރު ޑިސެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ އައިސީއެފް ކަޕަށް ތައްޔާރުވުމަށް ކުޅުންތެރިންގެ ޓްރެއިނިންގެ މަސައްކަތްތައް މިހާރު ވަނީ ފަށައިފއި ކަމަށާއި، އަންނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް އަށް ރާއްޖޭގެ ފަރާތުން ރަގަޅު ޓީމެއް ތައްޔާރުކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް