މާލޭގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.
މަޖީދީމަގުގައި ހިނގި މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 8:59 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓްގައި ކާރު ކޮންޓްރޯލް ނުވެގެން މަގުމަތީ ހުރި ގަހެއްގައި ވަނީ ޖެހިފައެވެ. ސައިކަލު ދުއްވަން އިން މީހާ އަށް އެކިވަރުގެ އަނިޔާ ލިބިގެން އޭޑީކޭ ހޮސްޕޮޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ޓެކްސީ ކޮންޓްރޯލް ނުވެގެން ގޮސް ގަހެއްގައި ޖެހުނު ވަގުތު ފަހަތުން އައި ސައިކަލެއް އެ ޓެކްސީގައި ޖެހުމުންނެވެ. ޓެކްސީގެ ފަހަތު ސީޓުގައި އިން މީހާގެ ތުންފަތް ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ޓެކްސީ ދުއްވަން އިން މީހާ އާއި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ވެސް ލައިސަންސް އޮންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް