މަޝްހޫރު ރިއަލިޓީ ޓީވީ ތަރި، ކައިލީ ޖެނާގެ ތިން މިލިއަން ޑޮލަރުގެ އާ ކާރު ދައްކައިލުމުން ފޭނުން ރުޅިގަދަވެއްޖެ އެވެ.
ކައިލީގެ ކާރު ކަލެކްޝަން އަށް އިތުރުވި ބުގަޓީ ޝިރޯން ބްރޭންޑްގެ ކާރު އިއްޔެ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ދައްކާލައިފައެވެ. ކާރުގެ ރީތިކަން ދެއްކުމުގެ ގޮތުން އިންސްޓަގްރާމް ސްޓޯރީ އަށާއި، އޭނާގެ އިންސްޓްގްރާމް ފީޑަށް ވަނީ ކާރުގެ ވީޑިއޯ ޕޯސްޓްކޮށްފައެވެ.
ނަމަވެސް ކައިލީގެ 147 މިލިއަން ފޮލޯވަރުންގެ ތެރެއިން އެތައް މިލިއަން ފޭނުން އޭނާގެ ދެއްކުންތެރިކަމަށް ފާޑުކިޔަން ފެށުމުން އޭނާ ވަނީ އެ ޕޯސްޓްތައް ޑިލީޓް ކޮށްފައެވެ.
މީހުން ކޮށްފައިވާ ބައެއް ކޮމެންޓްތަކުގެ ތެރޭގައި، ދުނިޔޭގައި އެތައް ފަގީރުންނެއް ތިބި ކަމަށާއި، އެމީހުންނަށް ޑޮނޭޝަންއެއް ދިނުން މާ ރަގަޅުވާނެކަމަށް ބުނެފައި ވެއެވެ.
މި ދުނިޔޭގައި ނުކައި އެތައް ބަޔަކު އުޅޭ ކަމަށާއި، މުއްސަނދިކަން ދެއްކުމަށް ކާރުތައް ގަތުމަކީ ބަލައި ގަނެވޭނެ ކެމެއް ނޫން ކަމަށް ވެސް މީހަކު ކޮމެންޓްކޮށްފައި ވެއެވެ.
ކައިލީގެ ގިނަ ފޭނުން ފާހަގަކޮށްފައި ވަނީ ދުނިޔޭގައި ފަގީރުން ގިނަ ކަމާއި، ކައިލީގެ ދެއްކުންތެރިކަމުގެ ވާހަކަ އެވެ.
ކައިލީގެ ކާރު ކަލެކްޝަންގެ ވާހަކަ ދައްކާއިރު، އޭނާގެ ޕާކިންގ އޭރިއާގައި ޕާކުކޮށްފައި ވަނީ ހުސް ފަހުގެ ކާރުތަކެވެ. އެތަނުން ފެރާރީ އަކީ ކުރީގެ ލޯބިވެރިޔާ އަދި އޭނާގެ ދަރިފުޅުގެ ބައްޕަ، ޓްރެވިސް ސްކޮޓް ހަދިޔާކުރި ކާރެކެވެ. ކައިލީގެ ޕާކިންގ އޭރިއާގައި އެ ފެރާރީގެ އިތުރުން މިހާރުވެސް ދެ ރޭންޖް ރޮވަރ އާއި، ލަމްބޯގިނީ އަކާއި، ޕޮރޝޭ ބްރޭންޑްގެ ކާރެއް ޕާކުކޮށްފައި އޮވެއެވެ. ލިސްޓަށް އިތުރުވި ބުގަޓީ ޝިރޯން އަކީ އާދައިގެ މީހަކަށް ގަނެވޭނެ ފަދަ ކާރެއް ނޫނެވެ.
އެންމެ ހަތަރު އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ ޒުވާން މިލިއަނަރުގެ ލަގަބު ލިބިފައިވާ ކައިލީ އަކީ ސޯޝަލް މީޑީއާ ގައި ވަރަށް އެކްޓިވް މީހެކެވެ. މި ކޮމެންޓްތަކުގެ ސަބަބުން އޭނާ ވަނީ ވަގުތުން އެ ޕޯސްޓްތައް ޑިލީޓްކޮށްލާފައެވެ. ނަމަވެސް އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް