ބޮލީވުޑް ރިއާލިޓީ ތަރި މޯނީ ރޯއީ ޗުއްޓީ ހޭދަކުރަމުން އަންނަ މަންޒިލް އިންޑިއާގެ ބޮޑެތި މީޑިއާތަކަށް އޮޅިއްޖެއެވެ.
އެގޮތުން އިންޑިއާގެ އެންމެ ބޮޑު އެއް ނޫސް ކަމުގައިވާ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މޯނީ ރޯއި ޗުއްޓީ ހޭދަކުރަމުން އަންނަނީ ރާއްޖޭގައެވެ. އަދި ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯތައް އޭނާގެ އިންސްޓަގްރާމުން ނަގައި އެ ހަބަރަށް ލާފައިވެއެވެ.
އެހެންނަމަވެސް އޭނާގެ އިންސްޓަގްރާމަށް ބަލާލުމުން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ތައިލެންޑްގައި އޮންނަ ރިސޯޓެއް ކަމުގައިވާ ސޮނެވާ ކިރި ރިސޯޓްގައެވެ. ރާއްޖޭގައިވެސް ސޮނެވާ ރިސޯޓުތައް ހުރެއެވެ. އެއީ ސޮނެވާ ފުށި، ސޮނެވާ ޖާނީ އެވެ.
[contentcards url="https://timesofindia.indiatimes.com/life-style/fashion/celeb-style/mouni-roy-is-holidaying-in-maldives-and-her-vacay-fashion-is-super-hot/articleshow/71423491.cms"]
މޯނީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނެވާ ރިސޯޓެއްގައި ކަމަށް ވުމުންނާއި މޫދާއި ދޮންވެލި ތުނޑީގެ ފޮޓޯތައް ފެނުމުން އިންޑިއާގެ މީޑިއާއަށް އޮޅުނީ ކަމަށް ވެދާނެއެވެ.
މިއީ މިފަދަ ގޮތަކަށް އިންޑިއާގެ މީޑިއާއަށް އޮޅުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މީގެ ކުރިން ޝާހިދު ކަޕޫރާއި ބިޕާޝާގެ ޗުއްޓީގެ މަންޒިލު އިންޑިއާގެ މީޑިއާއަށް އޮޅި، ރާއްޖެ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެ ތަރިންވެސް އޭރު ޗުއްޓީ ހޭދަކުރީ އިންޑޮނޭޝިޔާގައެވެ.
https://www.instagram.com/p/B3FDyOFB2cQ/
މޯނީ ރޯއި އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ 2007ގެ ޑްރާމާ ސީރީޒް ކިއުނކީ ސާސް ބީ ކަބީ ބަހޫތީގައި އޭނާ އަދާކުރި ކްރިޝްނާ ތުލްސީގެ ރޯލުންނެވެ. އޭގެ ފަހުން ހިންދީ ބައެއް ފިލްމުތަކުންނާއި ރިއާލިޓީ ޝޯތަކުގައި މޯނީ ބައިވެރިވެފައިވެއެވެ. މޯނީއަކީ ބިގްބޮސްގެ ސީރީޒް ތަކުގައިވެސް މަޝްހޫރު މޫނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް