އިންޑޮނޭޝިޔާގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި މެމްބަރަކު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އޭނާގެ ތިން އަނބިންނާއެކު ދިއުމުން އޭނާއަށް ފާޑުކިޔުމާއި ތައުރީފް އަމާޒުވެއްޖެއެވެ.
މަޖިލިސް މެމްބަރު އަކްމަދް ފާދިލް މުޒައްކީ ސިޔާ ބުނެފައިވާގޮތުގައި ތިން އަނބިންނާއެކު އެ ރަސްމިއްޔާތަށް ދާން ނިންމި ނިންމުމަކީ އޭނާގެ ނިންމުމެކެވެ. އަދި ތިން އަނބިން އެ ރަސްމިއްޔާތައް ގެންދިޔައީ މައްސަލަ ނުޖެހި ގިނަ އަނބިން ގެންގުޅެވިދާނެކަން ސާބިތުކޮށްދިނުމަށް ކަމުގައި އޭނާ ބުނެފައިވެއެވެ.
އެ ރަސްމިއްޔާތުގައި އަކްމަދުގެ ތިން އަނބިން ބައިވެރިވީ ހިތުން ރުހުމުން އުފުލާއެކުގައި ކަމަށް ބުނެފައިވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 39 އަހަރުގެ އަކްމަދު އެންމެ ފުރަތަމަ ކައިވެންޏެއް ކުރީ މީގެ 22 އަހަރު ކުރިންނެވެ. ފަހުން ދެ ކައިވެނި ކޮށްފައިވަނީ ފާއިތުވި އަށް އަހަރުގެ ތެރޭގައެވެ.
އޭނާ ނިދަނީ ތިން އަނބިންނާއެކު އެއް އެނދެއްގައި ކަމުގައިވެސް ނޫސްވެރިންނަށް މައުލޫމާތުދެމުން އޭނާ ބުނެފައިވެއެވެ.
އަކްމަދު އޭނާގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ތިން އަނބިން ގެންދިއުމުން އެއްބަޔަކު އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ. އަނެއް ބަޔަކު އަކްމަދުގެ އެ އަމަލަށް ތައުރީފުކޮށްފައިވާއިރު ތައުރީފުކުރާ މީހުން ބުނަނީ އަކްމަދުގެ އެ އަމަލަކީ އަނބިންނާއިމެދު ތަފާތު ކުރުން ނުގެންގުޅޭކަން ދައްކައިދޭ ހެއްކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް