ކަރުނައިން ހަކަތަ އުފެއްދިދާނެ: ދިރާސާ

ކަރުނައިން ހަކަތަ އުފެއްދިދާނެކަން ދިރާސާއަކުން ދައްކައިފި އެވެ. އަޔަލޭންޑްގެ ލިމެކްރިކް ޔުނިވާސިޓީގެ ތަޖުރިބާކާރުންތަކެއް ދިރާސާ ކުރުމަށްފަހު ބުނެފައިވަނީ ކަރުނައިގާ "ޔޫސޮޒީމެކްލް" ނަމަކަށް ކިޔާ ކްރި...

07 Oct 2017 | 05:57

ކަރުނައިން ހަކަތަ އުފެއްދިދާނެކަން ދިރާސާއަކުން ދައްކައިފި އެވެ.

އަޔަލޭންޑްގެ ލިމެކްރިކް ޔުނިވާސިޓީގެ ތަޖުރިބާކާރުންތަކެއް ދިރާސާ ކުރުމަށްފަހު ބުނެފައިވަނީ ކަރުނައިގާ "ޔޫސޮޒީމެކްލް" ނަމަކަށް ކިޔާ ކްރިސްޓަލް އެއް އެކުލެވޭއިރު އެ ކްރިސްޓަލްއިން ހަކަތަ އުފެއްދިދާނެ ކަމަށެވެ.

އެ ޕްރޮސެސް އަށް ކިޔަނީ ޕައިޒޯ އެލެކްޓްރިސިޓީ ކަމަށާއި މިހާރުވެސް ފޯނު ވައިބްރޭޓް ކުރަން ބޭނުންކުރާ ހަކަތަ ކަމުގައިވާ ކުއާޓްޒް މެޓީރިއަލްއަކީ އެފަދަ ޕްރޮސެސް އެއް މެދުވެރިކޮށް އުފައްދާ ހަކަތައެއް ކަމަށް އެ ދިރާސާގައި ބުނެފައި ވެ އެވެ.

އެ ދިރާސާގައި އިތުރަށް ބުނެފައިވަނީ ކަރުނައިގާ ހިމެނޭ ކްރިސްޓަލްތައް ބޭނުންކޮށްގެން ރަނގަޅު ގޮތެއްގައި ހަކަތަ އުފެއްދިދާނެ ކަމަށެވެ. ސަބަބަކީ އެ ކްރިސްޓަލް އަކީ ބަޔޮލޮޖިކަލް މެޓީރިއަލް އަކަށްވާތީ ކަމަށްވެސް އެ ދިރާސާގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް