އައު އައިފޯނު ބެޓެރީ ފުފޭ މައްސަލަ މިދަނީ ބަލަމުން: އެޕަލް

އެޕަލްއިން އިހައްދުވަހު މާކެޓަށް ނެރުނު އައިފޯނު 8 އަދި އައިފޯނު 8 ޕްލަސް މަރުކާގެ ބައެއް ފޯނުތަކުގެ ބެޓެރީ ފުފި، ފޯނު ފަޅަފަޅައިގެންދާ މައްސަލަ ބަލަމުން އަންނަ ކަމަށް އެޕަލްއިން ބުނެފި އެވެ. އެޕަލް އ...

07 Oct 2017 | 05:21

އެޕަލްއިން އިހައްދުވަހު މާކެޓަށް ނެރުނު އައިފޯނު 8 އަދި އައިފޯނު 8 ޕްލަސް މަރުކާގެ ބައެއް ފޯނުތަކުގެ ބެޓެރީ ފުފި، ފޯނު ފަޅަފަޅައިގެންދާ މައްސަލަ ބަލަމުން އަންނަ ކަމަށް އެޕަލްއިން ބުނެފި އެވެ.

އެޕަލް އިންމިކަމަށް ދީފައިވަނީ ވަރަށް ކުރު ޖަވާބެކެވެ. "މިކަން ހިނގާކަން ވަނީ އެނގިފައި، މައްސަލަ ހައްލު ކުރުމަށް މިދަނީ މަސައްކަތް ކުރަމުން" އެޕަލްގެ ސްޓޭޓްމެންޓެއްގައި ވެ އެވެ.

ބެޓެރީ ފުފިގެން ފޯނު ފަޅައިގެންދާ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ ތައިވާނުންނެވެ. ނަމަވެސް މިގޮތަށް މެދުވެރިވާ ފޯނުތަކުގެ އަދަދު ފަހުން ވަނީ އިތުރުވެގެން ގޮސްފަ އެވެ. ވާގޮތަކީ ފޯނު ފުފިގެން ޑިސްޕްލޭ ނެއްޓި ފޯނު ދެފަޅި ވަނީ އެވެ. ބައެއް ފޯނުތައް ގަންނައިރު އަދި ބައެއް ފޯނުތައް ބޭނުންކުރަމުންދަނިކޮށްވެސް މިގޮތަށް ދިމާވެފައި އެބަހުއްޓެވެ.

މި ވާހަކަ ދެކެވޭތާ ދެ ހަފްތާއެއްހާ ދުވަސްވެފައިވާއިރު އެޕަލްއިން މިކަމާއިބެހޭގޮތުން ބަހެއް ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް