ބަންގްލަދޭޝްގައި ތިބި ރޮހިންގާ ރެފިއުޖީންގެ މެދުގަައި ބޭރަށްހިންގުން ފެތުރެނީ

މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަކުރި ފަސް ލައްކައަށް ވުރެ ގިނަމީހުންގެ މެދުގައި ބޭރަށްހިންގުން ފެތުރެމުން ދާތީ އެކަން ކޮންޓްރޯލް ކުރުމަށް އެހީދޭ ޖަމާއަތްތަކާޢި އެގައުމުގެ ހެލްތް މިނިސްޓްރީން މަ...

07 Oct 2017 | 05:04

މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަކުރި ފަސް ލައްކައަށް ވުރެ ގިނަމީހުންގެ މެދުގައި ބޭރަށްހިންގުން ފެތުރެމުން ދާތީ އެކަން ކޮންޓްރޯލް ކުރުމަށް އެހީދޭ ޖަމާއަތްތަކާޢި އެގައުމުގެ ހެލްތް މިނިސްޓްރީން މަސައްކަތްކުރަމުން އެބަ ގެންދެއެވެ.

މިގޮތުން މިވަގުތު ވަނީ ބަންގްލަދޭޝްގެ ކުޓުޕަލޮންގް ރެފިއުޖީ ކޭމްފުގައި 20 އެނދުގެ ކްލިނިކެއް ހުޅުވާފައެވެ. އަދި އިތުރު ތިން ތަނެއްގައި ކްލިނިކް ހުޅުވުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވެސް މިކަމުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުން ވަނީ ބުނެފައެއެވެ. މިކްލިނިކްތައް ހުޅުވުމުން 80 އެނދު އިތުރުވާނެކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އދ ގެ ރެފިއުޖީ އޭޖެންސީގެ ތަރުޖަމާނު މީޑިއާއަށް މައުލޫމާތުދެމުން ބުނެފައިވަނީ ރޮހިންގާ ރެފިއުޖީންގެ މެދުގައި ބޭރަށްހިންގުމުގެ އިތުރުން ކޮލެރާ ފެތުރުމުގެ ބިރުވެސް ހީވެފައިވާކަމަށެވެ. މިކަމާއި ގުޅިގެން ކޮލެރާ ވެކްސިންގެ ނުވަ ލައްކަ ޑޯޒް ބަންގްލަދޭޝްއަށް ފޮނުވުމުގެ މަސައްކަތް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރަމުންދާކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ރޮހިންގާ ރެފިއުޖީންނަށް ވެކްސިން ދިނުމުގެ ކެމްޕޭނެއް ހިންގާނެ ކަމަށްވެސް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް