ސޯޝަލް މީޑީއާއަށް ފޮޓޯލުން، ރަޝިޔާ ސިފައިންނަށް މަނާ ކުރަނީ

ސެލްފީގެ އިތުރުން އެއްވެސް ބާވަތެއްގެ ފޮޓޯ ނަގައި ސޯސަލް މީޑިއާއަށް ފޮޓޯލުން މަނާކުރުމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީއިން ގާނޫނެއް ޑްރާފްޓު ކޮށްފިއެވެ. މި ބިލްގައި ބުނެފައިވަނީ ސޯސަލް މީޑިއާއަށް ލާ ފ...

07 Oct 2017 | 04:55

ސެލްފީގެ އިތުރުން އެއްވެސް ބާވަތެއްގެ ފޮޓޯ ނަގައި ސޯސަލް މީޑިއާއަށް ފޮޓޯލުން މަނާކުރުމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީއިން ގާނޫނެއް ޑްރާފްޓު ކޮށްފިއެވެ.

މި ބިލްގައި ބުނެފައިވަނީ ސޯސަލް މީޑިއާއަށް ލާ ފޮޓޯ، ވީޑިޔޯ އަދި އެހެނިހެންވެސް ޕޯސްޓްތަކުގެ ސަބަބުން އަޝްކަރީ މައުލޫމާތު އާންމުވާކަމަށެވެ. އަދި މިފަދަ ޕޯސްޓްތަކުގައިވާ އޮޓޮމެޓިކް ޖިޔޯލޮކޭޝަންގެ ސަބަބުން އަޝްކަރީ ޔުނިޓް ރުކުރުވާލައިފައިވާ ތަންތަން ހާމަވާކަމަށްވެސް މިބިލްގައި ބުނެފައިވެއެވެ. މިފަދަ މައުލޫމާތަކީ ދުޝްމަނުންނަށް މުހިންމު މައުލޫމާތުތަކެއްކަމަށް މިބިލްގައި ބުނެފައިވެއެވެ.

މި ބިލް ޑްރާފްޓްކޮށްފައި މިވަނީ ރަޝިޔާގެ ސިފައިންތަކެއް ސޯސަލް މީޑިޔާއަށް ލި ފޮޓޯތަކެއްގެ ސަބަބުން އެގައުުމުގެ އަޝްކަރިއްޔާއިން ސީރިޔާ އަދި ޔޫކްރެއިންގައި ހަރަކާތްތެރި ވަމުންދާކަން ހާމަވެފައި ވަނިކޮށެވެ. ރަޝިޔާއިން ބުނެފައިވަނީ އެގައުމުގެ އަސްކަރިއްޔާއިން ރަސްމީގޮތެއްގައި ޔޫކްރޭންގައި ހަރަކާތްތެރި ނުވާކަމަށެވެ. އެހެން ނަމަވެސް ރަޝިޔާގެ ސިފައިން ވަނީ ޔޫކްރެއިން އަށް ހަތިޔާރު ވައްދަމުން އަދި އެގައުމުގައި ހަރަކާތްތެރިވަމުން ފޮޓޯނަގައި ސޯސަލް މީޑިޔާއަށް ލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް