އިންޑިއާގައި ކާރު އުފައްދާ ކާރުހާނާ އަކަށް މިނިކާވަގުގެ ބާވަތެއް ކަމުގައިވާ ލެޕާޑެއް ވަނުމުން އެ ކާރުހާނާގެ މަސައްކަތް ހުއްޓާލައި އެ ކާރުހާނާ 11 ގަޑިއިރަށް ބަންދުކޮށްފި އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުގައި ރިޕޯޓުކޮށްފައިވާގޮތުގައި އެ މިނިކާވަގު އިންޑިއާގެ މަރޫޓީ ސުޒުކީ ކުންފުނީގެ، 600 އޭކަރުގެ ކާރުހާނާގެ ސަރަހައްދަށް އިއްޔެ ވަދެފައިވަނީ ފަތިހު 3:40 ހާއިރުގަ އެވެ. އެވަގުތުން ފެށިގެން މުޅި ކާރުހާނާ އިން މީހުން ނެރެ ތަން ބަންދުކޮށް ފޮރެސްޓް ޑިޕާޓްމެންޓު ޓީމާއި އެތަން ހަވާލު ކުރެވުނެވެ.
ފޮރެސްޓް ޑިޕާޓްމެންޓުގެ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކުރި މަސައްކަތުން އެ މިނިކާވަގު އަތުލައިގަނެ މިނިކާވަގު އަނބުރާ ޖަންގައްޔަށް ފޮނުވާލެވުނީ ގިނަ ވަގުތުތަކެއްގެ މަސައްކަތުން ކަމަށާއި އެ މަސައްކަތުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓް ކޮށްފައި ވެ އެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓް ކޮށްފައިވާގޮތުގައި އެ މިނިކާވަގު އެ ކާރުހާނާއަސް ވަތް އިރު 500 މުވައްޒަފުން ވަޒީފާ އަދާ ކުރުމުގައި އުޅުނެވެ. އެއީ 350 މަސައްކަތު މީހުންނާއި 150 ގާޑުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް