އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި ހަތް މީހަކު މަރުވެއްޖެ

އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އޭގެން ދަތުރުކުރި ހަތް މީހުން މަރުވެފައިވާކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ބުނެފި އެވެ. އިންޑިއާގެ އަސްކަރިއްޔާއިން ބުނެފައިވާގޮތުގައި ވެއްޓިފައިވަނީ ރަޝިޔާ...

06 Oct 2017 | 23:15

އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އޭގެން ދަތުރުކުރި ހަތް މީހުން މަރުވެފައިވާކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ބުނެފި އެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ބުނެފައިވާގޮތުގައި ވެއްޓިފައިވަނީ ރަޝިޔާގެ އުފެއްދުމެއް ކަމުގައިވާ އެމްއައި 17 ވީ5 މަރުކާގެ ހެލިކޮޕްޓަރެކެވެ. އެ ހެލިކޮޕްޓަރު ވެއްޓިފައިވަނީ އިންޑިއާއާއި ޗައިނާއާއި ދެމެދުގައިވާ ފަރުބަދަމަތީ އަވަށަކަށް ކަމަށާއި އެ ހެލިކޮޕްޓަރު ވެއްޓުނު އިރު ހެލިކޮޕްޓަރު އުޅުނީ މަރާމާތުގެ މިޝަނެއްގައި ކަމުގައިވެސް އިންޑިއާގެ އަސްކަރިއްޔާއިން ބުނެފައި ވެ އެވެ.

އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން އިންޑިއާގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ހެލިކޮޕްޓަރު ވެއްޓި މަރުވި ހަތް މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއަން އެއާފޯސް (އައިއޭއެފް) އަށް ނިސްބަތްވާ ފަސް މީހަކާއި އިންޑިއަން އާމީއަށް ނިސްބަތްވާ ދެ މީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް