ސައުދީ އަރަބިއްޔާއާއި ރަޝިޔާއާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ރަޝިޔާއާއެކު އައު އުސްމިންތަކަކަށް ދިއުމަށް ސައުދީން އޮތީ ތައްޔާރަށް ކަމުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު ވިދާޅުވެއްޖެ އެވެ.
ސަލްމާން ރަސްގެފާނު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު މިހާރު ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަޝިޔާ ފެޑެރޭޝަންގެ ބޮޑުވަޒީރު ދިމީތުރީ މިދުވޭދަ އާއި ބައްދަލުކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.
"ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދަން މިތިބީ ތައްޔާރަށް، ބޮޑުވަޒީރާއެކު ކުރިއަށް ގެންދެވުނީ ނަތީޖާ ވަރަށް ފޮނި ބައްދަލުވުމެއް، އެކި ގޮތްގޮތުން ދެގައުމުގެ ގުޅުން ބަދަހިކުރުމާއިމެދު މަޝްވަރާ ކުރެވުނު" ސަލްމާން ރަސްގެފާނު ވިދާޅުވެފައި ވެ އެވެ.
ސަލްމާން ރަސްގެފާނު ރަޝިޔާއަށް ވަޑައިގެންފައިވަނީ މިދިޔަ ބުދަ ދުވަހުގަ އެވެ. މި ދަތުރުފުޅުގައި ރަޝިޔާއާއެކު ގިނަ އެއްބަސްވުންތަކެއްގައި ސައުދީން ސޮއި ކުރުމަށް ހަމަޖެހިފައިވާކަމަށް ސައުދީން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް