ސައުދީ އަށް 15 ބިލިޔަން ޑޮލަރުގެ ޑިފެންސް ސިސްޓަމެއް ވިއްކަން އެމެރިކާއިން ނިންމައިފި

ސައުދީ އަރަބިއްޔާއަށް، 15 ބިލިޔަން ޑޮލަރުގެ "ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) މަރުކާގެ މިސައިލު ޑިފެންސް ސިސްޓަމެއް ވިއްކުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވާކަމަށް އެމެރިކާގެ ސްޓޭޓް...

06 Oct 2017 | 22:45

ސައުދީ އަރަބިއްޔާއަށް، 15 ބިލިޔަން ޑޮލަރުގެ "ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) މަރުކާގެ މިސައިލު ޑިފެންސް ސިސްޓަމެއް ވިއްކުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވާކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އިއްޔެ ބުނެފި އެވެ.

މި ނިންމުމާއިއެކު އެމެރިކާއިން ބުނެފައިވަނީ އީރާނާއި އައި އެ ސަރަހައްދުގެ ބައެއް ގައުމުތަކަކީ ސައުދީ އަށް ނުރައްކަލަކަށްވެފައިވާ ދަނޑިވަޅެއްގައި މިފަދަ ސިސްޓަމެއް ވިއްކާން އެމެރިކާއިންނިންމީ އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އަދި ފޮރިން ޕޮލިސީ އިންޓްރެސްޓްގެ ދަށުން ކަމަށެވެ.

ސައުދީއަށް 15 ބިލިޔަން ޑޮލަރުގެ ޑިފެންސް ސިސްޓަމެއް ވިއްކާން އެމެރިކާއިން ނިންމާފައިވާއިރު ސައުދީ ރަސްގެފާނު މިހާރު ގެންދަވަނީ ރަޝިޔާއަށް ޒިޔާރަތް ކުރައްވަމުންނެވެ.

މި ޒިޔާރަތުގައި ރަޝިޔާއިން ހަތިޔާރު ހޯދުމުގެ އެއްބަސްވުމެއްގައި ސައުދީން ސޮއި ކޮށްފައި ވެ އެވެ. އެގޮތުން ސައުދީގެ ޑިފެންސް މިނިސްޓްރީއާއެކު އެއްބަސްވެފައިވާ އެއްބަސްވުމުގެ ދަށުން އެޑްވާންސް އެއަރ ޑިފެންސް ސިސްޓަމާއި، ކޯރނެޓް-އީއެމް ސިސްޓަމާއި، ޓީއޯއެސް-1އޭ މިސައިލާއި، އޭޖީއެސް 30 ބޮމްބާސް އާއި ކަލަޝްނިކޯވް އޭކޭ 103 ބަޑިއާއި އޭގެ ވަޒަން ސައުދީއަށް ސަޕްލައި ކޮށްދޭން ރަޝިޔާއިން ވަނީ އެއްބަސް ވެފަ އެވެ.

ސައުދީ އަރަބިއްޔާގެ މިލިޓަރީ އިންޑަސްޓްރީސް (ސާމީ) އިން ހާމަކޮށްފައިވާގޮތުގައި ސައުދީން މި އެއްބަސްވުން ވެފައިވަނީ ރަޝިޔާގެ ރޯސޯބޮރޯންއެކްސްޕޯޓާއި އެކުގަ އެވެ. އެއީ ރަޝިޔާގެ ޑިފެންސް ރިލޭޓެޑް އުފެއްދުންތައް އިމްޕޯޓް އެކްސްޕޯޓް ކުރާ މައި ކުންފުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް