ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް އެދިއްޖެ

ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޫކުރާ ކަމަށް ހެދިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ފޭރެމުންދާ މައްސަލަތަކެއް ފެންމަތިވެ އެކަމަށް ރައްޔިތުން ސަމާލުވުމަ...

07 Sep 2026 | 18:29
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޫކުރާ ކަމަށް ހެދިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ފޭރެމުންދާ މައްސަލަތަކެއް ފެންމަތިވެ އެކަމަށް ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ތަޙުޤީޤުތަކުން ހާމަވެފައިވާ ގޮތުގައި މި ޖަރީމާ ހިންގާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ޓިކްޓޮކާއި ފޭކް އެކައުންޓްތައް ހެދައިގެން ހަރަކާތްތެރިވެއެވެ. އެގޮތުން ޓިކްޓޮކް ޕްލެޓްފޯމުގައި "ހުޅުމާލެ ޑެއިލީ ރެންޓް އެޕާޓްމަންޓް" (@hulhumaleapartment) ނަމުގައި ހިންގާ އެކައުންޓަކާއި 7217905 (+960) ނަންބަރު ބޭނުންކޮށްގެން މީހުންގެ އަތުން ފައިސާ ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ތަޙުޤީޤުން އިތުރަށް ފާހަގަކުރެވިފައިވާ ގޮތުގައި މި ސްކޭމްތަކުގައި ފައިސާ ޖަމާކުރާ ބޭންކް އެކައުންޓްތަކުގެ ވެރިފަރާތްތަކަކީ މި ކުށުގެ ޢަމަލުގައި ބައިވެރިވާ ބައެއް ނޫން ކަމަށްވެސް ތަޙުޤީޤަށް އެނގިފައިވެއެވެ.

މި ސްކޭމްގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި އެ ނަންބަރަށް ފައިސާ ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ ފަރާތްތަކުން ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ނުވަތަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުން އެދިފައިވެއެވެ.

މިފަދަ އޮޅުވާލުމެއް ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް ރިޕޯޓުކުރުމަކީ ގެއްލުން ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް