ދީނީ ގޮތުން މަނާވިޔަސް ގެރި މަހާ ކަނޑު މަސް ނުކައި ނުތިބެވޭނެ ކަމަށް އިންޑިއާގެ ބީޖޭޕީ ލީޑަރަކު ބުނެފި

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ދީނީ ލީޑަރަކު ވެސްޓް ބެންގާލްގެ ރައްޔިތުން ބަކަރި މަހާއި ކަނޑު މަސް ނުކެއުމަށް ގޮވައިލުމާ ގުޅިގެން އެ ގައުމުގެ ވެރިކަން ކުރާ މައި ޕާޓީ ބާރަތީޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ވެސ...

07 Sep 2026 | 17:41
ބީޖޭޕީގެ ވެސްޓް ބެންގާލް ގޮފީގެ ރައީސް --

ބީޖޭޕީގެ ވެސްޓް ބެންގާލް ގޮފީގެ ރައީސް --

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ދީނީ ލީޑަރަކު ވެސްޓް ބެންގާލްގެ ރައްޔިތުން ބަކަރި މަހާއި ކަނޑު މަސް ނުކެއުމަށް ގޮވައިލުމާ ގުޅިގެން އެ ގައުމުގެ ވެރިކަން ކުރާ މައި ޕާޓީ ބާރަތީޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ވެސްޓް ބެންގާލް ގޮފީގެ ރައީސް ސަމިކް ބައްޓަޗާރިޔާ އެ ވާހަކަތަކާ ދެކޮޅަށް ވާހަކަ ދައްކައިފިއެވެ.

ބައްޓަޗާރިޔާ ބުނީ ބެންގާލީން ކަނޑު މަހާއި ބަކަރި މަސް ނުކައި ތިބޭނީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށެވެ. ބައްޓަޗާރިޔާ ބުނީ އޭނާގެ ޕާޓީން ދުވަހަކު ވެސް ކެއުމާ ގުޅޭ އެއްވެސް އަމުރެއް ނުނެރޭނެ ކަމަށެވެ.

ބައްޓަޗާރިއާ މިހެން ބުނި އިރު ގެރި މަސް ކެއުމާއި ދެކޮޅަށް އޭނާގެ ޕާޓީން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ހައްސދު ފަހަނަ އަޅާފައިވާ ބީޖޭޕީގެ ހިންދޫ ސަޕޯޓަރުން ފާޅުގައި މުސްލިމުންނަށް ދަނީ ގެރީގެ ހިމާޔަތުގައި ކަމަށް ބުނެ ހަމަލާ ދެމުންނެވެ.

އެބުނާ ދީނީ ލީޑަރަކު ވަނީ މިހާރު ފާހަގަ ކުރަމުންދާ ހިންދޫންގެ ހާއްސަ ދުވަސްވަރެއްގައި އެ ބާވަތުގެ މަސް ކެއުމަކީ ހަރާން ކަމެއް ކަމަށާއި އެނޫން ދުވަސް ތަކުގައިވެސް ގެރި މަހާއި ކަނޑު މަސް ކައިގެން ނުވާނެ ކަމަށް ބުނެފައި އެވެ. ވެސްޓް ބެންގާލް މީހުންނަށް އަމާޒުކޮށް އޭނާ ބުނީ މަސް ކާ މީހުންނަކީ ދީނަށް ފުރައްސާރަ ކުރާ މީހުން ކަމަށެވެ.

މި މައްސަލައިގަ ބެންގާލްގެ ހިންދޫއިންގެ ނުރުހުން އޭނާއަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައި އެވެ.

ކެއުމުގެ އާދަތަކާ ގުޅިގެން މި ބަހުސް ބީޖޭޕީ އަށް ދަތި ހާލެއް ކުރިމަތި ކުރުވާއިރު މީގެ ހަތަރު މަސް ކުރިން ވެސް ބީޖޭޕީ ވެރިކަމަށް އައިސްފި ނަމަ ބެންގާލީން މަސް ކެއުން ހުއްޓުވާނެ ކަމަށް ކުރީގެ ވެރިކަން ކުރި ތުރިނަމޫލް ކޮންގްރެސް ޕާޓީން ކެމްޕެއިން ކުރުމުން ބީޖޭޕީގެ ލީޑަރުން މަސް ކެއުމާއި މަހާ އެކު ކެމްޕެއިން ކުރަން ޖެހޭ ހާލަތަކަށް ދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް