ބޮސްނިއާ އާއި އިޒްރޭލުން ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރަނީ

އިސްތިއުމާރީ އިޒްރޭލުގެ ޗެމްބާ އޮފް ކޮމާސްގެ އޮފީހެއް ބޮސްނިއާ އެންޑް ހެރެޒެގޮވީނާގެ އެއް ސިޔާސީ އެންޓިޓީ ކަމުގައިވާ ރެޕޫބްލިކާ ސެރެޕްސްކާގެ ވެރިރަށް ބާންޔާ ލޫކާގައި ހުޅުވައިފިއެވެ. ބުރާސްފަތި ދުވަހު ...

07 Sep 2026 | 11:18
ބޮސްނިއާ އާއި އިޒްރޭލުން އެއްބަސްވުމުގައި ސޮއި ކުރަނީ --

ބޮސްނިއާ އާއި އިޒްރޭލުން އެއްބަސްވުމުގައި ސޮއި ކުރަނީ --

އިސްތިއުމާރީ އިޒްރޭލުގެ ޗެމްބާ އޮފް ކޮމާސްގެ އޮފީހެއް ބޮސްނިއާ އެންޑް ހެރެޒެގޮވީނާގެ އެއް ސިޔާސީ އެންޓިޓީ ކަމުގައިވާ ރެޕޫބްލިކާ ސެރެޕްސްކާގެ ވެރިރަށް ބާންޔާ ލޫކާގައި ހުޅުވައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި އެ އެންޓިޓީގެ ކުރީގެ ރައީސް އަދި ނުފޫޒުގަދަ ލީޑަރު މިލޮރާދް ޑޮޑިކް ބުނީ ސާބް އަދި އިޒްރޭލާއި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ އަދި ތާރީޚީ ގުޅުންތައް ވަރުގަދަ ކަމަށެވެ.

ބޮސްނިއާގައި ހުންނަ އިޒްރޭލުގެ ސަފީރު ގަލީތު ޕެލެގް ބުނީ އެ އޮފީހުގެ ބޭނުމަކީ ދެ ފަރާތުގެ ވިޔަފާރިތައް ގުޅުވައި އިންވެސްޓްމެންޓް އެއްބާރުލުން ކުރިއެރުވުން ކަމަށެވެ.

ޒެގެރެބްގައި ހުންނަ ތަޙުލީލުކުރާ ފަރާތެއް ކަމުގައިވާ ދާވޮރް ޖެނެރޯ ބުނީ މި ފިޔަވަޅުގެ ސަބަބުން ބޮސްނިއާގެ އެއްބައިވަންތަކަމާއި ސިޔާދަތަށް ނުރައްކާވެދާނެ ކަމަށެވެ.

ޣައްޒާގެ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުޢާންމާ ހެދި ބައިނަލްއަޤުވާމީ ފާޑުކިޔުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި މި އޮފީސް ހުޅުވުމުން ބޮސްނިއާގެ އެތެރޭގެ ނުތަނަވަސްކަން އިތުރުވެދާނެ ކަމަށް ތަޙުލީލީ ފަރާތްތަކުން ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް