ޕްރައިމް އެއާގެ ކާގޯ ފްލައިޓެއް މަޔާމީ އެއާޕޯޓުގެ ވެހިކަލްތަކެއްގައި ޖެހި އެކްސިޑެންޓުވެ ފަސް މީހަކު މަރުވެއްޖެ

އެމެރިކާގެ މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމެޒޯން ޕްރައިމް އެއާގެ ކާގޯ މަތިންދާބޯޓެއް ރަންވޭ ހުރަސްކޮށް ގޮސް އެ ސަރަހައްދުގައި ހުރި އުޅަނދުތަކެއްގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާގައި ފަސް މީހަކ...

07 Sep 2026 | 05:25
އެކްސިޑެންޓުވި ޕްރައިމް އެއާގެ ކާގޯ ފްލައިޓު --

އެކްސިޑެންޓުވި ޕްރައިމް އެއާގެ ކާގޯ ފްލައިޓު --

އެމެރިކާގެ މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމެޒޯން ޕްރައިމް އެއާގެ ކާގޯ މަތިންދާބޯޓެއް ރަންވޭ ހުރަސްކޮށް ގޮސް އެ ސަރަހައްދުގައި ހުރި އުޅަނދުތަކެއްގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާގައި ފަސް މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގީ ރޭ އެ ފްލައިޓު މަޔާމީ އެއާޕޯޓަށް ޖެއްސުމަށް ފަހު ރަންވޭ ހުރަސްކުރަމުން ދަނިކޮށެވެ. މި ހާދިސާގައި ފަސް މީހުން މަރުވުމުގެ އިތުރުން ފަސް މީހަކަށް ދަނީ ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުންނެވެ.

މި ހާދިސާގައި ފްލައިޓު ޖެހުނު ވެހިކަލްތަކުގައި ތެރޭގައި ދެ މީހަކު ތާށިވެފައިވެ އެވެ. އަދި ފްލައިޓުގެ ޕައިލެޓާއި ކޯ ޕައިލެޓުވެސް ބޯޓު ތެރޭގައި ތާށިވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހާދިސާ އާއި ގުޅިގެން ފްލައިޓުން ގިނަ އިރުތަކެއް ވަންދެން ތެޔޮ ލީކުވެފައިވެ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދަނީ ތަހުގީގު ކުރަމުންނެވެ.

ހާދިސާއާ ގުޅިގެން އެއާޕޯޓުގެ ހުރިހާ ފްލައިޓެއް ވަގުތުން ހުއްޓާލި ނަމަވެސް އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހަތަރު ރަންވޭގެ ތެރެއިން ދެ ރަންވޭ އަލުން ހުޅުވާލާފައިވެއެވެ. ފްލައިޓްރޭޑާ24 ބުނީ ބޯޓު ބޭނުންކުރެވޭ ރަންވޭ ސަރަހައްދުން ނުކުތް އިރު 112 ނޮޓް (129 މޭލު) ބާރުމިނުގައި ދަތުރުކުރަމުން ދިޔަ ކަމަށެވެ. އެ ބޯޓު އެމެޒޯނަށް އޮޕަރޭޓުކޮށްފައި ވަނީ 21 އެއާ ކިޔާ ކާގޯ އެއާލައިނަކުން ކަމަށް އެމެޒޯނުގެ ތަރުޖަމާނެއް ބުނެފައިވެއެވެ.

ޕުއެޓޯ ރީކޯގެ ސެން ހުއާނުން ފުރައިގެން މަޔާމީއަށް ދިޔަ އެ ބޯޓަކީ 1994 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ތަފާތު އެއާލައިންތަކުގައި ފަސެންޖަރު ޖެޓެއް ގޮތުގައި ދުއްވި 32 އަހަރުވެފައިވާ ފްލައިޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް