ފޭސް ދޭއްގެ ގޮނޑުދޮށުގައި މޫދަށް އެރޭ ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ހެދުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ހުޅުމާލެ ފޭސް ދޭއްގެ ބީޗް ސަރަހައްދުގައި ރައްކާތެރިކަމާ އެކު މޫދަށް އެރެވޭނެ ތަނަކާއި މަސްބާނާ ޕްލެޓްފޯމެއް ޤާއިމުކުރުމާ ގުޅޭ ގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް...

07 Sep 2026 | 03:51
ހުޅުމާލޭ ފޭސް ދޭއްގެ އަތިރިމަތި -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ފޭސް ދޭއްގެ އަތިރިމަތި -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފޭސް ދޭއްގެ ބީޗް ސަރަހައްދުގައި ރައްކާތެރިކަމާ އެކު މޫދަށް އެރެވޭނެ ތަނަކާއި މަސްބާނާ ޕްލެޓްފޯމެއް ޤާއިމުކުރުމާ ގުޅޭ ގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސާވޭއެއް ފަށައިފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ މި މަޝްރޫޢާ ގުޅޭ ތިމާވެށީގެ އަސަރު ދެނެގަތުމުގެ ރިޕޯޓު (އީއައިއޭ) ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ޢާންމުންނަށް ޚާއްޞަ ހިޔާލު ހޯދުމުގެ ސާވޭއެއް ހުޅުވައިލާފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ސާވޭގެ ޒަރީއާއިން މައިގަނޑު ގޮތެއްގައި ބަލަން ބޭނުންވަނީ އެ ގޮނޑުދޮށް މިހާރު ބޭނުންކުރެވެމުންދާ ގޮތާއި އެ ސަރަހައްދުގެ ޙާލަތެވެ. އޭގެ އިތުރުން ހުށަހެޅިފައިވާ މޫދަށް އެރޭ ސަރަހައްދާއި މަސްބާނާ ޕްލެޓްފޯމާ މެދު ރައްޔިތުންގެ ވިސްނުން ހުރި ގޮތް ވެސް ދެނެގަތުމަކީ ސާވޭގެ ބޭނުމެކެވެ.

ފޭސް ދޭއްގެ ބީޗް ތަރައްޤީކުރުމުގެ ޕްލޭން ބެހިފައި އޮތީ ދެ ބަޔަކަށެވެ. ފުރަތަމަ ބައިގައި ހިމެނެނީ ފްލޯޓިން ޕޮންޓޫނަކާ އެކު ރައްކާތެރި މޫދަށް އެރޭ ސަރަހައްދެއް ހެދުމާއި ބޭރުގައި ފެންވަރައިލެވޭނެ ތަނަކާއި ފަސޭހައިން މޫދަށް ފައިބާ ރޭމްޕެއް ބެހެއްޓުމެވެ.

ދެވަނަ ބައިގައި ހިމެނެނީ ކޮންކްރީޓް ޑެކެއްގެ މައްޗަށް ބިނާކުރާ މަސްބާނާ ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމުގައި ޚާއްޞަ ވޯކްވޭއަކާއި ހިޔާކޮށްފައިވާ ބެންޗުތަކާއި މަސް ކެނޑުމަށް ޚާއްޞަ ތަނެއް ހެދުން ހިމެނެއެވެ.

މި މަޝްރޫޢު ނިމުމުން ފޭސް ދޭއްގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ރައްކާތެރިކަމާ އެކު މުނިފޫހިފިލުވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް