ދިރާގު ގޭމްހަބް އާ އެކު މޮބައިލް ގޭމިންގ އަށް އިތުރު ފުރިހަމަކަމެއް!

ދިރާގު ގޭމްހަބް ގެ ނަމުގައި މޮބައިލް ގޭމް ޕްލެޓްފޯމެއް ދިރާގުން ތަޢާރަފުކޮށްފިއެވެ. 700 އަށް ވުރެ ގިނަ މޯބައިލް ގޭމްތަކާއެކު ތައާރަފުކުރި މި ޕްލެޓްފޯމަކީ ސަބްސްކްރިޕްޝަން އެއް ނަގައިގެން ބޭނުން ކުރެވޭ...

07 Sep 2020 | 09:50

ދިރާގު ގޭމްހަބް ގެ ނަމުގައި މޮބައިލް ގޭމް ޕްލެޓްފޯމެއް ދިރާގުން ތަޢާރަފުކޮށްފިއެވެ.

700 އަށް ވުރެ ގިނަ މޯބައިލް ގޭމްތަކާއެކު ތައާރަފުކުރި މި ޕްލެޓްފޯމަކީ ސަބްސްކްރިޕްޝަން އެއް ނަގައިގެން ބޭނުން ކުރެވޭނެ ޕްލެޓްފޯމެކެވެ.

ދިރާގު ގޭމަ ހަބްގެ ސަބްސްކްރިޕްޝަލް ޕޯޓަލް ގާއިމު ކޮށްފައިވަނީ ގޭމްލޮފްޓް އިންނެވެ. ގޭމްލޮފްޓް އަކީ ދުނިޔޭގެ ފެންވަރުގައި މޮބައިލް ގޭމް ޑެވެލޮޕްކުރާ ކުންފުންޏެކެވެ.

ދިރާގު ގޭމްހަބް ދިރާގު ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައިއެވެ. ގޭމްހަބް ގެ ސަބްސްކްރިޕްޝަން ދެ ގޮތަކަށް ނެގޭނެއެވެ. އެއީ މަހުން މަހަށް ނޫނިއްޔާ ބޭނުންވާ ހަފްތާ އަކަށް ނަގާގޮތަށެވެ.

މަހުން މަހަށް ސަބްސްކްރައިބް ކުރާނަމަ ދައްކަންޖެހެނީ މަހަކު 50 ރުފިޔާއެވެ. ހަފުތާއަކަށް ސަބްސްކްރައިބް ކުރާނަމަ ދައްކަންޖެހެނީ އެންމެ 20 ރުފިޔާއެވެ. ގޭމްހަބް އަށް ސަބްސްކްރައިބް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ ގޭމަހަބް ޕޭޖުން ބޭނުންވާ ސަބްސްކްރިޕްޝަން ޕެކޭޖެއް ނެގޭނެއެވެ. ސަބްކްރައިބް ކުރުމަށްފަހު، އެންޑްރޮއިޑް ކަސްޓަމަރުންނަށް ވަގުތުން ގޭމްތައް ޑައުންލޯޑް ކޮށް ކުޅެވޭނެއެވެ. އަދި އައި.އޯ.އެސް ކަސްޓަމަރުންނަށް އޮންލައިންކޮށް ޚާއްސަ ޕޯޓަލް އެއް މެދުވެރިކޮށް ގޭމް ކުޅެވޭނެއެވެ.

ދިރާގު ގޭމްހަބް ގެ އެންމެ ޚާއްސަ ކަމަކީ، ގޭމްހަބްގެ ސަބްސްކްރިޕްޝަންއެއް ނެގުމުން، ގޭމްހަބް ގައި ހިމެނޭ ހުރިހާ ގޭމް ތަކެއް ކުޅުމުގެ ފުރުސަތު ލިބުމުގެ އިތުރުން، އެއްވެސް އިތުރު "އިން އެޕް ޕަރޗޭސް" ކުރަން ނުޖެހޭނެތީއެވެ. އަދި ހަމަ މިއާއެކު، ގޭމް ހަބްގައި ތަފާތު ގިނަ ގޭމްތައް ހިމެނެއެވެ. އޭގެ ތެރޭގައި، އެކްޝަން ގޭމްސް، ކުޅިވަރު އަދި ކުޑަ ކުދިންގެ ގޭމް ވެސް ހިމެނެއެވެ.

ދިރާގުގެ އަމާޒަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ޒަމާނީ ޚިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ. އަދި ދިރާގުން އުންމީދު ކުރަނީ މިއަދު މި ތައާރަފުކުރި ގޭމްހަބް މެދުވެރިކޮށް ގޭމް ކުޅުމަށް ޝައުގުވެރިވާ ކަސްޓަމަރުންނަށް މޮބައިލް ގޭމް ކުޅުމުގައި އިތުރު ފަސޭހަތަކާއި ފުރިހަމަ ކަމެއް ލިބިގެންދާނެއެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް