މާލެ ދަތުރުކުރަމުންދިޔަ ފެރީ ލޯންޗެއް، ގިނަ އަދަދެއްގެ ޕަސިންޖަރުންނާއެކު ފަރަކަށް އަރައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ސިފައިން ބުނެފައިވާގޮތުގައި އެ ފެރީއަކީ ނޫނު އަތޮޅުން ފުރައިގެން މާލެ އަށް ދަތުރުކުރި "ކޮމްފޯޓް" އެކްސްޕްރެސް އެމްއެސް1" ނަމަކަށް ކިޔާ ފެރީއެއް ކާފު އަތޮޅު ކަގި މޯލްޑިވްސް ރިސޯޓްގެ ހުޅަނގު ފަރާތު ކަނޑު އޮޅީގެ ފަރަށް އެރުމާއި ގުޅިގެން މާލެ އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
"މައުލޫމާތު ލިބިފައިވަނީ މިރޭ 09:46 ހާއިރު، މި ފެރީން 11 އަންހެނުންނާއި ހަތަރު ކުޑަކުދިންނާއި 16 ފިރިހެނުންނާއެކު ޖުމްލަ 31 މީހުން ދަތުރުކުރިއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ" އެމްއެންޑީއެފުން ބުނެފައިވެއެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ފެރީގައި އިން މީހަކު ބުނީ އެ ފެރީގައި ތުއްތު ކުއްޖަކުވެސް ހިމެނޭ ކަމަށާއި ފެރީ ވަރަށް ބޮޑަށް ފަރަށް އަރާފައިވުމުން ދޯންޏަކަށް ކައިރިވެސް ނުކުރެވޭ ކަމަށެވެ. ނަމަވެސް މިހާރު ސިފައިން ގޮސްފައިވާކަމަށް އޭނާ ބުންޏެވެ.
"މީހުންތައް ޕެނިކްވެގެން ރޮނީ، އެކަކު ނޭވާ ހާސްވެ ވެއްޓޭ ހިސާބަށްދިޔަ، ނަސީބަކުން ނަރުހަކާ ޑޮކްޓަރަކުވެސް އެބަތިބި މީގަ، ވަރަށް ބޮޑަށް ފަރަށް އަރާފަ ހުރީ" ދުވަހަށް މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް