20 މީހުންނާއެކު ކާށިދޫ ކަނޑަށް ދިޔަވަމުން ދިޔަ ލޯންޗަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ހިންނަވަރުން ފުރައިގެން 20 މީހުންނާއެކު މާލެ ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވާން ފެށުމުން ދިވެހި ސިފައިން އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ...

07 Sep 2019 | 14:55

ހިންނަވަރުން ފުރައިގެން 20 މީހުންނާއެކު މާލެ ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވާން ފެށުމުން ދިވެހި ސިފައިން އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ 20 މީހުންނާއެކު ޅ. ހިންނަވަރުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ "ކޮމްޕަސް" ނަމަކަށް ކިޔާ ލޯންޗެއް ކާށިދޫގެ އުތުރުން ހަތް ނޯޓިކަލް މޭލު ބޭރުން ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން ހަރަކާތްތެރިވި ކަމަށެވެ.

އާޒިމް ވިދާޅުވެފައިވާގޮތުގައި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހަވީރު 5:30 ހާއިރުގައެވެ.

"ސީ އެމްބިއުލާންސްއާއެކު، އެ ލޯންޗު ރައްކާތެރި ކަމާއެކު ކާށިދޫއަށް ވަދެއްޖެ" އާޒިމް ވިދާޅުވެފައިވެއެވެ.

މި ހާދިސާގައި އެއްވެސް ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް