އިސްލާމިކް މިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީ މުސްއަބު އަބްދުﷲގެ ސަސްޕެންޝަން ފަސްވަނަ ފަހަރަށް، އިތުރު 15 ދުވަހަށް އިތުރުކޮށްފިއެވެ.
މުސްއަބް އެންމެ ފުރަތަމަ ސަސްޕެންޑް ކޮށްފައިވަނީ، މެއި މަހުގެ 29 ވަނަ ދުވަހު ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ) އިން ހުށައަޅާފައިވާ މައްސަލައްކާއި ގުޅިގެންނެވެ.
އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީ ވިދާޅުވީ، އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައާ ގުޅިގެން މުސްއަބްގެ ސަސްޕެންޝަން 30 ދުވަހަށް އިތުރު ކޮށްފައިވާ ކަމަށެވެ.
އެގޮތުން ސީއެސްސީއިން ބަލަމުންދަނީ މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީ އިން ކުންފުނިތަކަށް ހުއްދަ ދިން ގޮތާ ގުޅޭ ގޮތުން ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
މުސްއަބު އަބްދުﷲ ޕީއެސްގެ މަޤާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ ސަރުކާރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް