އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝެއިޙް ހުސައިން ރަޝީދު އަހުމަދު، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
ޝެއިޙް ހުސައިން ރަޝީދު މި މަޤާމަށް އައްޔަން ކުރެއްވީ އިއްޔެއެވެ.
ހުސައިން ރަޝީދު އަހުމަދު ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިނިސްޓަރުންގެ ނައިބުގެ ފެންވަރުގަ އެވެ.
ހުސައިން ރަޝީދު އަހުމަދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރަށްވާފައެވެ.
މިހާރު ހުސައިން ރަޝީދު އަހުމަދަކީ އަމިއްލަ ހައްޖު އުމުރާ ގްރޫޕަކާއެކު ވިޔަފާރި ކުރައްވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް