ފޯނު ވިއްކާ ފިހާރައެއް ފަޅާލައިފި

ފޯނު ވިއްކާ ފިހާރައެއް ފަޅާލައި އެ ފިހާރައިން ވައްކަން ކޮށްފިއެވެ. ފަޅާލީ ކޮން ފިހާރައެއްކަން ފުލުހުން ބުނެފައެއް ނުވެއެވެ. ފުލުހުން ބުނެފައިވާގޮތުގައި މިކަން ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 05:00 ހާ...

07 Sep 2019 | 07:13

ފޯނު ވިއްކާ ފިހާރައެއް ފަޅާލައި އެ ފިހާރައިން ވައްކަން ކޮށްފިއެވެ.

ފަޅާލީ ކޮން ފިހާރައެއްކަން ފުލުހުން ބުނެފައެއް ނުވެއެވެ. ފުލުހުން ބުނެފައިވާގޮތުގައި މިކަން ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 05:00 ހާއިރުގައެވެ.

"އެ ފިހާރައިން ވަގަށް ނަގާފައިވަނީ 18 މޯބައިލް ފޯނުކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް