ސިޓީ ސްކެއާ ބިލްޑިންގައި، އާ ޓިކެޓިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި، ޓިކެޓިން ހިދުމަތް ލިބޭނެ މޮބައިލް އެޕެއް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވެއްޖެއެވެ.
އާ ޓިކެޓިން އޮފީސް މިއަދު ހުޅުވައި ދެއްވީ އައިލެންޑް އޭވިއޭޝަން ސާވިސްގައި ތިބި އެންމެ ދުވަސްވީ މުވައްޒަފުންނެވެ.
"މިހާރު ވެސް ވައިބާ މެސެޖް ތްރޫކޮށް ބުކިން ހެދުމުގެ ކަންތައް ކުރަމުން ގެންދެވޭނެ، އޮޕަރޭޝަން ގައުމު ތަކަށް އިތުރުވީމަ މިއީ ފުޅާ ވެގެންދާނެ ކަމެއް. މޮބައިލް އެޕްލިކޭޝަންގެ މަސައްކަތް ވަނީ ފެށިފައި" މި ރަސްމިއްޔާތުގައި ރިޒުވީ ވިދާޅުވިއެވެ.
މީގެ އިތުރުން، މޯލްޑިވިއަންގެ މުވައްޒަފުންނަށް ހިތްފަސޭހަ، ރަނގަޅު މަސައްކަތް ކުރާނެ މާހައުލެއް ޤާއިމް ކުރުމުގެ އިތުރުން ޑިޕާޓްމަންޓުތައް މަޑުމަޑުން ނަމަވެސް އާ އޮފީސް ތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ރިޒުވީ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް