ރަހީނުކޮށް މަރާލާފައިވާ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި ދެ ފުލުހުން ކުރީ ސަރުކާރުން ވަކި ކުރިކަމަށާއި އެ ދެ ފުލުހުންނަށް އަލުން ވަޒީފާ ދިނީ މި ސަރުކާރުން ކަމަށްބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވި ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން މިކަން ދޮގުކޮށްފައިވަނީ ފުލުހުންގެ މީޑިއާ އޮފިސަރުންނާއި ދިވެހި މީޑިއާތަކާއެކު އުފައްދާފައިވާ މީޑިއާ ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
"މި ދެ ފުލުހުން އެއްވެސް އިރެއްގައި ވަޒީފާއިން ވަކިކޮށްފައެއް ނުވޭ" ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވެފައިވަނީ ކޯޕްރަލް މުހައްމަދު ޖިނާހާއި ކޯޕްރަލް އިބްރާހިމް ރިފްއަތަކީ ކުރީގެ ސަރުކާރުން މައްސލަ ބަލާ ވަޒީފާއިން ވަކޮށްފައިވާ ދެ ފުލުހުން ކަމަށެވެ.
"މި ދެ ފުލުހުން އަލުން ވަޒީފާއަށް ނެރެފައިވަނީ މި ސަރުކާރުން" އުމަރު ވިދާޅުވެފައިވެއެވެ.
އުމަރު އިތުރަށް ވިދާޅުވެފައިވަނީ މިކަން އާންމުންނަށް ފޮރުވުމަށްޓަކައި، ރައްޔިތުންގެ މަޖިލިސް އިން ޕޮލިސް ކޮމިޝަނަރު ހާޒިރުކޮށް ސުވާލުކުރި ބައްދަލުވުން ވަނީ ސިއްރު ކޮށްފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް