ގުޅިފައިވާ ކޯލިޝަނުން ސެޕްޓެމްބަރ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އިޝްތިހާރު ކުރުމަށް އެކަން ގޮވަމުން ދިޔަ ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އެމްޑީޕީ ސެކެޓްރޭޓިއަޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޖަލްސާ އިޝްތިހާރު ކުރަމުންދިޔަ ޕިކަޕް ފުލުހުން އައިސް ޓޯ ޔާރޑަށް ގެންގޮސްފި ކަމުގައެވެ.
ފުލުހުން ޕިކަޕް ޓޯ ޔާރޑަށް ގެންގޮސްފައިވަނީ އަޑު ގަދަ ކުރާއިން ޖަލްސާއަށް ގޮވަމުން ދަނިކޮށެވެ. ޕިކަޕް ޓޯ ޔާރޑަށް ގެންދިޔަ ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އިދިކޮޅު ކޯލިޝަންގެ ޖަލްސާ އިޝްތިހާރު ކުރުމަށް އިއްޔެވެސް ވަނީ މާލޭގައި ޕިކަޕް ދުއްވާފައެވެ. އިދިކޮޅު ފަރާތްތަކުން ސެޕްޓެމްބަރ 8 ވަނަ ދުވަހު ޖަލްސާ މިބާއްވަނީ ތިން އަހަރު ވަންދެން އެއްވެސް ޖަލްސާއެއް ނުބޭއްވި އޮތުމަށް ފަހުއެވެ. އިދިކޮޅު ކޯލިޝަންގެ ޖަލްސާ މާދަމާ ރޭ އޮންނައިރު މި ރޭ ސަރުކާރު ހިންގާ ޕީޕީއެމްގެ ޖަލްސާ އޮންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް