ބްރިޖްގައި ސައިކަލް ދުއްވާއިރު ހެލްމެޓް އެޅުމަށް އިލްތިމާސްކޮށްފި

ސިނަމާލެ ބްރިޖްގައި ސައިކަލް ދުއްވާއިރު ހެލްމެޓް ބޭނުންކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ. އެއޮތޯރިޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ދެ ފުރޮޅު ލީ އުޅަނދު ފަހަރުގައި ސިނަމާލެ...

07 Sep 2018 | 14:10

ސިނަމާލެ ބްރިޖްގައި ސައިކަލް ދުއްވާއިރު ހެލްމެޓް ބޭނުންކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ. އެއޮތޯރިޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ދެ ފުރޮޅު ލީ އުޅަނދު ފަހަރުގައި ސިނަމާލެ ބްރިޖް ހުރަސް ކުރާ ފަރާތްތަކުން ހެލްމެޓް ބޭނުންކުރުމަކީ  އެދެވިގެންވާ ކަމެއްކަމަށެވެ. އަދި ބްރިޖްގައި ދުއްވޭނެ އެންމެ ބާރު ސްޕީޑަކީ ގަޑިއަކު 25 ކިލޯމީޓަރ އާއި 50 ކިލޯމީޓަރ ކަމަށްވެސް ބުނެފައި ވެއެވެ.

ސިނަމާލެ ބްރިޖް މިއަދު އާންމުންނަށް ހުޅުވާލާފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ބްރިޖްގެ ބޭނުންކުރަމުންނެވެ. ބްރިޖާއި ރިންގް ރޯޑު ބޭނުންކުރާނެ ގޮތް އާންމުކޮށް، ފުލުހުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ލޭންތަކުގައި ސައިކަލް ދުއްވާއިރު އަމިއްލަ އަށް އިށީނދެ ނުތިބެވޭވަރުގެ ކުޑަކުދިން ގޮވައިގެން ދުއްވުމަކީ މަނާކަމެއް ކަމަށެވެ.

ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރުމިނުގައި ބްރިޖުގައި ދުއްވާނަމަ ފިޔަވަޅު އަޅާނެ ކަމަށާއި ބްރިޖާއި ރިންގު ރޯޑުގެ އެއްވެސް ސަރަހައްދެއްގައި ޕާކުވެސް ނުކުރެވޭނެ ކަމަށް ފުލުހުން ކުރި އިއުލާންގައި ބުނެފައި ވެއެވެ.

މީގެއިތުރުން ބްރިޖާއި ރިންގު ރޯޑު ބޭނުންކުރުމުގައި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އާއްމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް