އާ ރަންވޭގައި ގަވާއިދާ ޚިލާފަށް ފްލައިޓް ޖެއްސި މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލާނަން- ޑިފެންސް މިނިސްޓަރ

ހަދަމުންދާ އާ ރަންވޭގައި މިއަދު އެއަރ އިންޑިޔާ ފްލައިޓް ޖެއްސުމާއި ގުޅިގެން އެމައްސަލަ ސީރިއަށް މައްސަލަ އެއްގެ ގޮތުގައި ބައްލަވާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އެމަ...

07 Sep 2018 | 13:26

ހަދަމުންދާ އާ ރަންވޭގައި މިއަދު އެއަރ އިންޑިޔާ ފްލައިޓް ޖެއްސުމާއި ގުޅިގެން އެމައްސަލަ ސީރިއަށް މައްސަލަ އެއްގެ ގޮތުގައި ބައްލަވާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ފޭސް ބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ " ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭއަށް ގަވާއިދާ ޚިލާފަށް ފްލައިޓެއް ޖެއްސި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްޤީޤު ކުރާނެ." އެވެ.

މިއަދު މެންދުރެއް ހާއިރު އާ ރަންވޭގައި މަސައްކަތް ކުރަމުންދަނިކޮށް ވަނީ އެއަރ އިންޑިޔާގެ ފްލައިޓެއް އޮޅިގެން ޖައްސާފައެވެ. އެ ހާދިސާ ހިނގުމާއެކު އެއަރޕޯޓް އޮފިޝަލުންނާއި ފަޔަރ ސަރވިސް އިން ވަނީ ހަރަކާތްތެރި ވެފައެވެ. އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ނުލިބެއެވެ.

އާ ރަންވޭގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް