ހުޅުވިތާ 24 ގަޑީރު ނުވަނީސް ރިންގް ރޯޑުގައި ދެ އެކްސިޑެންޓް

ސިނަމާލެ ބްރިޖާއި ގުޅިގެން ، ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ ރިންގް ރޯޑް އާންމުންނަށް ހުޅުވާލިތާ 24 ގަޑީރު ނުވަނީސް ދެ އެކްސިޑެންޓް ހިނގައިފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ރޭ އެއް އެކް...

07 Sep 2018 | 13:07

ސިނަމާލެ ބްރިޖާއި ގުޅިގެން ، ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ ރިންގް ރޯޑް އާންމުންނަށް ހުޅުވާލިތާ 24 ގަޑީރު ނުވަނީސް ދެ އެކްސިޑެންޓް ހިނގައިފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ރޭ އެއް އެކްސިޑެންޓް ހިނގާފައިވާއިރު އަނެއް އެކްސިޑެންޓް ހިނގާފައިވަނީ މިއަދު އެވެ.

މިކަމާ ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމަ އެއް ނުކުރެއެވެ.

ރިންގްރޯޑުގައި ބާރު ސްޕީޑްގައި ނުދުއްވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. މީގެއިތުރުން އެކްސިޑެންޓްތައް މަދުކުރުމަށް ރިންގްރޯޑާއި ސިނަމާލެ ބްރިޖްގައި ޕާކުނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ ރިންގް ރޯޑު ކުރިޔަށް ވުރެ ފުޅާކޮށް ދުއްވަން ފަސޭހަވާގޮތަށް ލޭން ތަކަކަށް ވަނީ ބަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް