ޢާންމު ދަތުރު ތަކަށް ސިނަމާލެ ބްރިޖް ހުޅުވާލާއިފި

ހުޅުލެއާއި މާލެ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖް އާންމު ދަތުރުތަކަށް މިއަދު ހުޅުވާ ލައިފި އެވެ. ކުރިންވެސް ޝެޑިޔުލްކޮށްފައި އޮތް ގޮތަށް ބްރިޖް ހުޅުވާލާފައި މިވަނީ މިއަދު ހަވީރު 4:00 ގައެވެ. ބްރިޖް އާ...

07 Sep 2018 | 12:47

ހުޅުލެއާއި މާލެ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖް އާންމު ދަތުރުތަކަށް މިއަދު ހުޅުވާ ލައިފި އެވެ. ކުރިންވެސް ޝެޑިޔުލްކޮށްފައި އޮތް ގޮތަށް ބްރިޖް ހުޅުވާލާފައި މިވަނީ މިއަދު ހަވީރު 4:00 ގައެވެ.

ބްރިޖް އާންމު ދަތުރުތަކަށް ހުޅުވާލުމާއެކު ގިނަ ބަޔަކު އަންނަނީ ބްރިޖް ބޭނުން ކުރަމުންނެވެ. ބްރިޖް އާންމުންނަށް ހުޅުވާލާފައިވާއިރު ބްރިޖުން ދަތުރު ކުރުމަށް އަދި އެއްވެސް ފީއެއް ނުނަގައެވެ. ސަރުކާރުން ބުނެފައިވަނީ ސެޕްޓެމްބަރ 23 ގެ ކުރިން އެއްވެސް ފީ އެއް ބްރިޖް ބޭނުންކުރުމުގައި ނުނަގާނެ ކަމަށެވެ.

ބްރިޖް ހުޅުވާލާއިފައިވާއިރު އެމްޕީއެލް އިން ވަނީ ހުޅުމާލެއަށް ދިޔުމަށް ބަހުގެ ޚިދުމަތް ވެސް މިއަދު ފަށާފައެވެ. މީގެއިތުރުން ފުލުހުން ވަނީ ބްރިޖް ބޭނުންކުރުމުގެ ގަވާއިދުވެސް އާންމުކޮށްފައެވެ. އެކި ލޭންތަކުގައި ދުއްވުމަށް ޚާއްސަ ކުރެވިފައިވާ އުޅަނދުތަކުގެ ތަފްސީލް ހާމަކޮށްފައިވާއިރު ބްރިޖާއި ، ބްރިޖާއި ގުޅިފައިވާ ރިންގް ރޯޑުގައި ޕާކު ކުރުމަކީ މަނާ ކަމެއްކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް