އާ ރަންވޭގައި މަސައްކަތް ކުރަމުން ދަނިކޮށް އޮޅިގެން ފްލައިޓެއް ޖައްސައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭގައި މަސައްކަތް ކުރަމުންދަނިކޮށް އޮޅިގެން ފްލައިޓެއް ޖައްސައިފިއެވެ. ހަދަމުންދާ އާރަންވޭގައި ޖައްސާފައިވަނީ އެއަރ އިންޑިޔާގެ ފްލައިޓެކެވެ. މަންޒަރު ދުށް މީހ...

07 Sep 2018 | 11:11

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭގައި މަސައްކަތް ކުރަމުންދަނިކޮށް އޮޅިގެން ފްލައިޓެއް ޖައްސައިފިއެވެ.

ހަދަމުންދާ އާރަންވޭގައި ޖައްސާފައިވަނީ އެއަރ އިންޑިޔާގެ ފްލައިޓެކެވެ. މަންޒަރު ދުށް މީހަކު ބުނެފައިވަނީ ފްލައިޓް އައިސް ޖައްސާފައިވަނީ އާ ރަންވޭގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. އެއަރ ޕޯޓް އޮފިޝަލުންނާއި ފަޔަރ ސަރވިސް އިން ހަރަކާތްތެރިވަމުން އަންނަކަމަށް މައުލޫމާތު ލިބިއެވެ.

އާ ރަންވޭގެ މަސައްކަތް ނިންމާ ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް