ބްރިޖްގައި ހިނގާ ބިގާވެ އުޅުމަށާއި ދުއްވާ އެއްޗެހި ދުއްވުމަށް ވަކި ލޭންތަކެއް

ސިނަމާލެ ބްރިޖާއި ، ބްރިޖާއި ގުޅިފައިވާ ރިންގް ރޯޑު ބޭނުންކުރުމުގެ ޤަވާއިދުތައް ޓްރެފިކް ފުލުހުން މިއަދު އިއުލާނު ކޮށްފިއެވެ. މި އިއުލާންގައި ބްރިޖާއި ރިންގް ރޯޑުގެ ލައިންތައް ދުއްވާނެ ގޮތް ކަމަށް ބުނ...

07 Sep 2018 | 10:51

ސިނަމާލެ ބްރިޖާއި ، ބްރިޖާއި ގުޅިފައިވާ ރިންގް ރޯޑު ބޭނުންކުރުމުގެ ޤަވާއިދުތައް ޓްރެފިކް ފުލުހުން މިއަދު އިއުލާނު ކޮށްފިއެވެ.

މި އިއުލާންގައި ބްރިޖާއި ރިންގް ރޯޑުގެ ލައިންތައް ދުއްވާނެ ގޮތް ކަމަށް ބުނެފައިވަނީ:

-ބްރިޖާއި ރިންގް ރޯޑުގެ އެންމެ ބޭރު ދެ ލޭން ޚާއްސަ ކުރެވިފައިވަނީ ޕަބްލިކް ބަސް އަދި ދެފުރޮޅުލީ އިންޖީނު އުޅަނދަށް.

-ބްރިޖާއި ރިންގް ރޯޑުގެ މެދުގައިވާ ދެ ލޭން ޚާއްސަ ކުރެވިފައިވަނީ ބަސް ފިޔަވައި ހަތަރުފުރޮޅު ލީ އުޅަނދުތަކަށް.

-ބްރިޖާއި ރިންގް ރޯޑުގައި ދުވާމީހުންނާއި ހިނގާ މީހުންނަށް ޚާއްސަ ކުރެވިފައިވަނީ ދެ ފަރާތުގައިވާ ދެ ލޭން. އުޅަނދު ދުއްވުމަށް ޚާއްސަ ލޭނެއްގައި ހިނގާ ބިނގާވެ އުޅުމަކީ މަނާކަމެއް.

ފުލުހުންގެ އިއުލާންގައި އިތުރަށް ބުނެފައިވަނީ ލޭންތަކުގައި ސައިކަލް ދުއްވާއިރު އަމިއްލަ އަށް އިށީނދެ ނުތިބެވޭވަރުގެ ކުޑަކުދިން ގޮވައިގެން ދުއްވުމަކީ މަނާކަމެއް ކަމަށެވެ. ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރުމިނުގައި ބްރިޖުގައި ދުއްވާނަމަ ފިޔަވަޅު އަޅާނެ ކަމަށާއި ބްރިޖާއި ރިންގު ރޯޑުގެ އެއްވެސް ސަރަހައްދެއްގައި ޕާކުވެސް ނުކުރެވޭނެ ކަމަށް ފުލުހުން ކުރި އިއުލާންގައި ބުނެފައި ވެއެވެ.

މީގެއިތުރުން ބްރިޖާއި ރިންގު ރޯޑު ބޭނުންކުރުމުގައި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އާއްމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އާއްމު ދަތުރުތަކަށް ބްރިޖު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިއަދު 4:00 ގައެވެ. ސަރުކާރުން ބުނެފައިވަނީ 23 ސެޕްޓެމްބަރުގެ ކުރިން ބްރިޖުން ދުއްވުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް