ޝައިޚް އަބޫ އުސާމާގެ ދަރުސް މިރޭ

ޕީސް ފައުންޑޭޝަންގެ ދަޢުވަތަކަށް އައްޝައިޚް އަބޫ އުސާމާ އައްޛަހަބީ އިއްޔެ ރާއްޖެ ވަޑައިގެންފިއެވެ. ޝައިޚް އަބޫ އުސާމާގެ މިދަތުރުފުޅަކީ ޕީސް ފައުންޑޭޝަނުން ކުރިއަށް ގެންދާ ދަ ލެގަސީގެ އިވެންޓުގައި ބައި...

07 Sep 2018 | 03:53

ޕީސް ފައުންޑޭޝަންގެ ދަޢުވަތަކަށް އައްޝައިޚް އަބޫ އުސާމާ އައްޛަހަބީ އިއްޔެ ރާއްޖެ ވަޑައިގެންފިއެވެ.

ޝައިޚް އަބޫ އުސާމާގެ މިދަތުރުފުޅަކީ ޕީސް ފައުންޑޭޝަނުން ކުރިއަށް ގެންދާ ދަ ލެގަސީގެ އިވެންޓުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެގޮތުން އިއްޔެ" ކީ ޓު ސަކްސަސް " ނަމުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައިވާއިރު، މިރޭ އިސްލާމީ މަރުކަޒު މައިޒާނުގައި " ދަ ވިނާސް " ނަމުގައި ދަރުހެއްވެސް ކުރިއަށްދާނެއެވެ.

އަދި ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގައިވެސް " ޕޮއިޒަނަސް ސޯޝިއަލް ހެބިޓް " ނަމުގައި ޝައިޚުގެ ދަރުހެއް އޮންނާނެ ކަމަށް ޕީސް ފައުންޑޭޝަނުން ހާމަކުރައްވައެވެ .

ދަ ލެގަސީ އަކީ ޕީސް ފައުންޑޭޝަނުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންޓަރނޭޝަނަލް ސްކޮލާރސް ރާއްޖެއަށް ތަޢާރަފުކޮށް އެ ޢިލްމުވެރިންގެ ދަޢުވަތުން ރާއްޖޭގެ ރައްޔިތުންނަށް މަންފާތަކެއް ފޯރުކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައި ޚާއްޞަކޮށްފައިވާ ދަޢުވަތުގެ އައު ޕުލެޓް ފޯމެކެވެ.

އެގޮތުން 2017 ވަނަ އަހަރު މި އިވެންޓުގެ ފުރަތަމަ ދަރުސް ދެއްވުމަށް ރާއްޖެ ވަޑައިގެންފައިވަނީ ޑރ.ބިލާލް ފިލިޕްސްއެވެ. އަދި ދެވަނަ ލެގަސީގައި ރާއްޖެ ވަޑައިގެންފައިވަނީ ޝައިޚް ހުސެއިން ޔީއެވެ. އަދި ޢާއްމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް މި އިވެންޓުތަކަށް ލިބޭކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް