ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ހަޔަކާ ހަމައަށް ދިގުދަންމާލައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހާއި ހަމައަށް ދިގުދަންމާލައިފިއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކުރ...

07 Aug 2020 | 17:56

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހާއި ހަމައަށް ދިގުދަންމާލައިފިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކުރިއަށް އޮތް މަހެއްހާ ދުވަހަށް ދިގުދަންމާލާފައިވާއިރު، ރާއްޖެއިން ކޯވިޑް-19 ކޭސްތައް ފެންނަ އަދަދު މިވަނީ އިންތިހާއަށް އިތުރުވެފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގެ ދަށުން އިއުލާނުކުރި ފުރަބަންދާއި ގުޅިގެން ކޭސްތަކުގެ އަދަދު މަދުކޮށްލެވުނު ނަމަވެސް މިހާރު އެވްރެޖްކޮށް ދުވާލަކު 100އެއްހާ މީހުން އަންނަނީ ޕޮޒިޓިވް ވަމުންނެވެ. ގިނައީވެސް ދިވެހިންނެވެ.

ކޯވިޑާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މި އަހަރުގެ މާރިޗް މަހުގެ 12 ވަނަ ދުވަހުގައެވެ. މާލެ ސަރަހައްދު ފުރަބަންދުކުރީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ޕޮޒިޓިވް ކޭހެއް ފެނިގެންނެވެ.

އެއަށްފަހު ޖުލައި އެކެއްގައި ފުރަބަންދު އުވާލި ނަމަވެސް މިހާރު އަނެއްކާވެސް މިވަނީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައެވެ. އެގޮތުން މިހާރު އަންނަނީ ރޭގަނޑު 10 އިން ފަތިހު ފަހަކަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް