މިއަދު ރާއްޖެއިން ހަތަރު ފަތުރުވެރިއަކު ޕޮޒިޓިވް ވެއްޖެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ މިއަދު ޕޮޒިޓިވްވި 89 މީހުންގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ދެމީހުންނާއި އެމެރިކާ މީހާއާއި މިސްރު މީހާއަކީ ފަތުރުވެރިން ކަމަށެވެ.
ނަމަވެސް މި ހަތަރު ފަތުރުވެރިންނަކީ ކޮން އިރަކު ރާއްޖެ އައި ބައެއްކަން، އަދި ތިބީ ކޮން ރިސޯޓެއްގައިކަން އަދި ކަށަވަރެއް ނުވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް