އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ދާ ހަތަރުވަނަ ބެޗް މިއަދު އިންޑިއާއަށް ފުރައިފި

އިންޑިއާ ސަރުކާރުން ދެއްވާފައިވާ ޚާއްސަ ހުއްދައާއިއެކު، އާސަންދައިގެ ޚަރަދުގައި ފަރުވާ ހޯދުމަށް މިއަދު އިރުއޮއްސި 18:30 ގަ، ބަލިމީހުންނާ އެހީތެރިންނާއެކު މުޅި ޖުމުލަ 50 މީހުން އިންޑިއާއަށް ފުރައިފިއެވ...

07 Aug 2020 | 15:19

އިންޑިއާ ސަރުކާރުން ދެއްވާފައިވާ ޚާއްސަ ހުއްދައާއިއެކު، އާސަންދައިގެ ޚަރަދުގައި ފަރުވާ ހޯދުމަށް މިއަދު އިރުއޮއްސި 18:30 ގަ، ބަލިމީހުންނާ އެހީތެރިންނާއެކު މުޅި ޖުމުލަ 50 މީހުން އިންޑިއާއަށް ފުރައިފިއެވެ.

މިއީ މި ގޮތަށް އިންޑިއާއަށް ފުރި ހަތަރުވަނަ ބެޗެވެ.

އާސަންދައިން ބުނެފައިވާގޮތުގައި މިބެޗްގައިވެސް ދާ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ޤައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކުގައެވެ. އިންޑިއާއިންވެސް މި ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެއެވެ. އަދި އެ ޤައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް19 އަށް ޓެސްޓު ކުރާނެއެވެ.

މިއަދު ފުރި މީހުންގެ ތެރެގައި ހިމެނެނީ 21 ޕޭޝަންޓުންނެވެ. މީގެތެރެއިން 9 ޕޭޝަންޓުންގެ ފަރުވާ ހަމަޖެހިފައިވަނީ އެއިމްސް ހޮސްޕިޓަލުގައެވެ. ބާކީ 12 ޕޭޝަންޓުންގެ ފަރުވާ ހަމަޖެހިފައިވަނީ ކިމްސް ހޮސްޕިޓަލުގައެވެ. ޕޭޝަންޓުންނާއި އެހީތެރިންވެސް ކަރަންޓީނުގައި ތިބޭނީ ފަރުވާ ހަމަޖެހިފައިވާ ހޮސްޕިޓަލުގައެވެ. އަދި ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް