ބޭސް ގަންނަން ފާމަސީއަކަށް ދިޔަ އަންހެނަކަށް ފާމަސިސްޓަކު ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު

މާލޭގައި ބޭހެއް ގަންނަން ބޭސް ފިހާރައަކަށް ދިޔަ ދިވެހި އަންހެނަކަށް، އެ ބޭސް ފިހާރައިގާ އިން އިންޑިއާ ފާމަސިސްޓަކު ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބ...

07 Aug 2020 | 07:43

މާލޭގައި ބޭހެއް ގަންނަން ބޭސް ފިހާރައަކަށް ދިޔަ ދިވެހި އަންހެނަކަށް، އެ ބޭސް ފިހާރައިގާ އިން އިންޑިއާ ފާމަސިސްޓަކު ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މާލޭގައި ފާމަސީއަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ ފުލުހުންނަށް ހުށަހެޅި ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

"މިހާތަނަށް މި މައްސަލައިގާ މީހަކު ހައްޔަރުކޮށްފައެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.

މިކަމާއިބެހޭގޮތުން ވޮއިސް ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ދިވެހި އަންހެނަކު ކުރަނީ، އެ އަންހެން މީހާގެ އުރަމަތީގައި، އިންޑިއާ ފާމަސިސްޓު ހިފި ކަމުގެ ތުހުމަތެވެ.

އަދި އެކަން ކުރުމަށްފަހު "ސޮރީ، ސޮރީ" އޭ ބުނިކަމަށް އެ އަންހެން މީހާއާ ހަވާލާދީ ވޮއިސްގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް