ކުޅުދުއްފުށި ރޯވ ހައުސްތަކަކުން ސާމާނުތަކެއް ވަގަށް ނަގައިގެން ވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

ހދ.ކުޅުދުއްފުށީ މާފަލު ހިޔާގެ ރޯ ހައުސްތަކަކުން ސާމާނުތަކެއް ވަގަށް ނަގައިގެން ވިއްކަމުން ދިޔަ ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހުން މިތަކެތި ވަގަށް ނަގައިގެން ވިއްކަމުންދާކަމުގެ މައުލޫމާތު ފު...

07 Aug 2019 | 09:56

ހދ.ކުޅުދުއްފުށީ މާފަލު ހިޔާގެ ރޯ ހައުސްތަކަކުން ސާމާނުތަކެއް ވަގަށް ނަގައިގެން ވިއްކަމުން ދިޔަ ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މީހުން މިތަކެތި ވަގަށް ނަގައިގެން ވިއްކަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ އެވެ. އެތަނުގެ ޔުނިޓަކުން އަގުބޮޑު ސާމާނުތަކެއް ވަގަށް ނަގައިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ދިވެހި ދެ ފިރިހެނުންނެވެ. ފުލުހުން ހައްޔަރުކޮށްފައި ވަނީ 28 އަހަރާއި 26 އަހަރުގެ ދެ މީހުންނެވެ. މި ދެމީހުން ކޯޓު އަމުރެއެގެ ދަށުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

މި ދެމީހުންގެ ބަންދުގެ މުއްދަތަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބޭތިއްބުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ 12 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ވިދާޅުވީ، މިހާތަނަށް ކުރެވުނު ތަހުޤީޤުން ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި، މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް