ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި ނައިބު ރައީސް ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޢާއިޝަތު އާޒިމާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް...

07 Aug 2019 | 09:32

ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޢާއިޝަތު އާޒިމާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުމުގެ ވާހަކަ ދެބޭފުޅުން ދެއްކެވިއެވެ.

އެގޮތުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޗައިނާއަކީ ގިނަ ދާއިރާތަކަކުން ރާއްޖެއާ ވަރަށް ގާތްގުޅުމެއް އޮންނަ އެކުވެރި ޤައުމެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުން ޗައިނާއަކީ ރާއްޖެއަށް ތަރައްގީ ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ސިއްހީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ޗައިނާގެ ތަޖުރިބާއާއި އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ

މި ބައްދަލުކުރެއްވުމުގައި އާޒިމާ ވިދާޅުވީ، ޗައިނާއިން މިހާރުވެސް ރާއްޖޭގެ އެކި މުވައްޞަސާތަކާ ގުޅިގެން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި އެނޫންވެސް އެހެން ދާއިރާތަކުން ވެސްފުރުސަތުތައް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަސައްކަތްކުރެއްވުމާއި އަދި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކޮށްދެއްވާނެ އާޒިމާ ވަނީ މި ބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް