އުރީދޫ އެނިވާސަރީ ޗެލެންޖް: މުވައްޒަފުން ދައްކުވައިދިނީ ޕްރޮޑަކްޓިވް އަދި ސްޓްރެސް ފްރީ މަސައްކަތު މާހައުލެއް

މުވާސަލާހީ ހިދުމަތްދޭ ކުންފުނި އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ 14 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުން އަންނައިރު ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އެނިވާސަރީ ޗެލެންޖެއް ކުރ...

07 Aug 2019 | 08:28

މުވާސަލާހީ ހިދުމަތްދޭ ކުންފުނި އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ 14 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުން އަންނައިރު ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އެނިވާސަރީ ޗެލެންޖެއް ކުރިއަށް ގެންދެއެވެ. ކޮންމެ އަހަރަކުވެސް މި ޗެލެންޖު ކުރިއަށް ގެންދަނީ ވަކި ތީމެއްގެ ދަށުންނެވެ.

މި އަހަރުގެ ތީމަކީ "ގްރޯ ވިތު އުރީދޫ" އެވެ.

މި ޗެލެންޖުގެ ދަށުން މުވައްޒަފުން ދައްކުވައިދިނީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް، ހިތްފަސޭހަ، ފެހި، ސްޓްރެސް ފްރީ މާހައުލެއް އަމިއްލައަށްވެސް ތައްޔާރު ކުރެވިދާނެ ކަމެވެ.

އެފަދަ މާހައުލެއްގައި އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މި އަހަރުގެ އެނިވާސަރީ ޗެލެންޖާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ އޮފީސް މާހައުލަކީ ހަމަ އެކަނި ކުލަ ލާފައި ނުވަތަ ޕޯސްޓަރު ތަތްކޮށްފައި ހުންނަން ޖެހޭ މާހައުލެއް ކަމުގައި ބައެއް މީހުންނަށް ގަބޫލު ކުރެވިފައި އޮންނަ ކަމަށާއި އެހެން ނަމަވެސް މިއަހަރުގެ މި ޗެލެންޖުގައި މުވައްޒަފުން ދައްކުވައިދިން އުފެއްދުންތެރިކަމުން މިކަން ބަދަލުވެގެންދާނެ ކަމަށެވެ.

މިސާލެއްގެ ގޮތުގައި އުރީދޫގެ ސީއީއޯ ނެންގެވީ ބައިސްކަލެއް ބޭނުންކޮށްގެން މުވައްޒަފުން ތައްޔާރުކޮށްފައިވާ ޖޫސް މޭކަރ އެކެވެ. މި ބައިސްކަލާއި އެއްކޮށްލާފައިވާ ޖޫސް މޭކަރ އަކީ ކަސްރަތުވެސް ކުރެވޭގޮތަށް އުރީދޫގެ އޮފީހުގައި އުރީދޫގެ މުވައްޒަފުން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. ކަސްރަތުން ލިބޭ ވަރުބަލިކަން ފިލުވާލާ ހަށިގަނޑަށް އާރޯތާޒާކަން ގެނުވާނެ ތާޒާ ޖޫސް، ކަސްރަތުކޮށް ނިމޭއިރު ހުންނާނީ ތައްޔާރުވެފައެވެ.

މީގެ އިތުރުންވެސް މި ޗެލެންޖުގައި އުރީދޫގެ މުވައްޒަފުން ވަނީ މަސައްކަތު މާހައުލުގައި ހައިޑްރޯފޯނިކް ސިސްޓަމް ތަކާއި ގަސް މުއްޓާއި ވެޔޮ ގޮތަށް ހެދޭ ބައެއް ގަސް ބޭނުންކޮށްގެން އުރީދޫގެ މަސައްކަތު މާހައުލު މުޅިން އައު ހަރުފަތަކަށް ގެންގޮސްފައެވެ.

މި ހުރިހާ މަސައްކަތަކީވެސް އުރީދޫ މުވައްޒަފުން އަމިއްލައަށް ކޮށްފައިވާ މަސައްކަތްތަކެވެ. ވަޑާން ކުރުމާއި، ހައިޑްރޯފޯނިކް ސިސްޓަމް ހެދުމާއި ޑެކޮރޭޓް ކުރުންފަދަ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންގޮސްފައިވަނީ އެ މުވައްޒަފުން އަމިއްލައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް