ލާމު އަތޮޅު ޕްރަމޯޓްކޮށް ލާމު އަތޮޅުގައި ޓޫރިޒަމް ޕްރަމޯޓް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޓީމެއް ކަމަށްވާ، "ވިޒިޓް ލާމު އެޓޯލް" އިން ޢީދާ ދިމާކޮށް ހަދާފައިވާ ޢީދަ ލާމު ޓީޝާޓަށް ގިނަ ބައެއްގެ މަޤްބޫލުކަން ލިބިއްޖެއެވެ.
"ވިޒިޓް ލާމު އެޓޯލް" އިން ބުނެފައިވަނީ މިހާތަނަށް500 އަށްވުރެ ގިނަ ޓީޝާޓް އޯޑަރ ލިބިފައިވާ ކަމަށާއި މިފަހަރު ޢީދުގައި ލާމުގެ ގިނަ ބަޔަކު މި ޓީޝާޓްގައި ފެނިގެން ދާނެ ކަމަށެވެ.
"ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ އަސްލު. އަދިވެސް އޯޑަރ އެބަ އާދޭ. އެކަމަކު މިހާރު ޕްރިއޯޑަރގެ ފުރުސަތު ވާނީ ނިމިފައި." ވިޓިމް ލާމުގެ ސީއީއޯ މުޙައްމަދު އަރީޙް ބުންޏެވެ.
އަރީޙް އިތުރަށް ބުނެފައިވަނީ "ވިޒިޓް ލާމު އެެޓޯލް" އިން އަތޮޅު ޕްރަމޯޓް ކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މިހާރުވެސް އިތުރު މަސައްކަތެއް އެފަރާތުން ކުރަމުން އަންނަ ކަމަށެވެ.
ވިޒިޓް ލާމު އިން ޢީދަށް ޚާއްސަ ކޮށްގެން ލާމު އަތޮޅުގައި ހިންގާ ޢީދުގެ ހަރަކާތްތައް، އެއް ޕްލެޓްފޯމަކުން ފެންނާނެ ގޮތް ހެދުމަށްވެސް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން ވިޒިޓް ލާމު އިން އަތޮޅުގެ ރަށްތަކުގެ ޢީދު ކޮމިޓީއާއި ކައުންސިލާއެކު ދަނީ މަޝްވަރާ ކުރެވެމުންނެވެ. ޢީދުގެ ހަރަކާތްތައް ވިޒިޓް ލާމު މެދުވެރިކޮށް އިޝްތިހާރު ކުރަން ބޭނުން ފުޅުނަމަ، އެފަރާތުގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރެއްވުމަށް އެފަރާތުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް