ކުރިޔަށް އޮތް އަޟްހާ އީދު ބަންދަށް ފަހު ހއ.ކޭލާގައި ބީއެމްއެލް އިން އޭޓީއެެމްގެ ހިދުމަތް ދޭން ފެށުމަށް ތައްޔާރުވެފައިވާކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
އެގޮތުން މިއަދު ބީއެމްއެލްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބީއެމްއެލް އިން މިހާރުވަނީ ހއ.ކެލާގައި އޭޓީއެމްގެ ޙިދުމަށް ދިނުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިކަމަށެވެ، އަދި ކުރިޔަށް އޮތް ޢިދު ބަންދަށް ފަހު އޭޓިއެމްގެ ޙިދުމަތް ދެމުން ގެންދާނެކަމަށްވަނީ ބުނެފައެވެ.
"އީދު ބަންދަށްފަހު ހުޅުވޭ ހަފްތާތެރޭގައި އަޅުގަނޑުމެންނަށް ކެލާގައި އޭޓީއެމް ޚިދުމަތް ދޭން ފެށޭނެ. މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ. މިއާއެކު ކެލާގެ ރައްޔިތުންނަށާއި އަދި ކެލާ ކައިރީގެ ރަށްރަށުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ." ބީއެމްއެލްގެ އޮފިޝަލް ވިދާޅުވިއެވެ.
މި އޭޓީއެމް ހުޅުވުމާއެކު ހއ.ކެލާ ވެގެންދާނީ އެ އަތޮޅުން އޭޓީއެމްގެ ހިދުމަތް ލިބޭ 4 ވަނަ ރަށަށެވެ. މިހާރުވެސް ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫގައި ބެންކުގެ 3 ބްރާންޗް މެދުވެރިކޮށް ދަނީ ޚިދުމަތް ދެމުންނެވެ. އަދި ހއ. ބާރަށުގައި އޭޓީއެމް ޚިދުމަތް ދިނުމަށްޓަކައި ވެސް ބީއެމްއެލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް