"އާކަމެއް ކުރާނެ ވަގުތެއް ނުވޭ، ކުރީ ސަރުކާރުން ހާވާފައި ހުރި ހަޑި އަދިވެސް މި ސާފުކުރަނީ"

ޓްރާންސްޕޯޓުން އާ ކަމެއް ތަޢާރަފްކުރާނެ ވަގުތެއް އަދި ނުވާ ކަމަށާއި، އަދިވެސް ސާފުކުރަމުން މިދަނީ ކުރީ ސަރުކާރުން "ހާވާފައި ހުރި ހަޑި" ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ...

07 Aug 2019 | 05:43

ޓްރާންސްޕޯޓުން އާ ކަމެއް ތަޢާރަފްކުރާނެ ވަގުތެއް އަދި ނުވާ ކަމަށާއި، އަދިވެސް ސާފުކުރަމުން މިދަނީ ކުރީ ސަރުކާރުން "ހާވާފައި ހުރި ހަޑި" ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ސްޓިކާ ޖަހާ މައްސަލައާއި ގުޅިގެން ޖަވާބުދާރީ ކުރުވުމަށް މިނިސްޓަރު ނަހުލާ މިއަދު ވަނީ މަޖިލީހަށް ހާޒިކުކޮށްފައެވެ.

މެމްބަރުންނަށް ސުވާލުކުރުމަށް ހުޅުވައިލި ފުރުސަތުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އާ ކަމެއް ކުރަން ވަގުތު ވާނީ ކުރީ ސަރުކާރުން ހާވައިފައި ހުރި ސާފު ކުރެވުމުން ކަމަށެވެ. އޭގެ ސަބަބުން އާ ޕްލޭނެއް ރާވާލާނެ ވަގުތެއް ވެސް ނުވާކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިތުރު ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތައް ހުރީ ބާ ދަގަނޑަށް ވެފައިކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާ ކަމަށާއި، ކުރީ ސަރުކާރުން މާލޭގެ އެކި ސަރަހައްދުތަކުގައި ހަދާފައި ހުރި ސިސްޓަމްތަކަކީ މި ސަރުކާރަށް އޮތް ބޮޑު ބުރައެއް ކަމުގައެވެ.

ސްޓިކާ ޖަހާ މައްސަލައާއި ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވެފައި ވަނީ، ސްޓިކާ ޖަހަނީ ޤަވާއިދާ ހިލާފަށް ޕާކު ކުރާތީ ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް