ސުޝްމާ އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ

އަވަށްޓެރި އިންޑިޔާގެ ކުރީގެ ޚާރިޖީ ވަޒީރާ ސުޝްމާ ސުވްރާޖް އަވަހާރަވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް، އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ސުޝްމާ ...

07 Aug 2019 | 05:23

އަވަށްޓެރި އިންޑިޔާގެ ކުރީގެ ޚާރިޖީ ވަޒީރާ ސުޝްމާ ސުވްރާޖް އަވަހާރަވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް، އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ސުޝްމާ ސުވަރާޖްގެ އާއިލާ އަދި އިންޑިޔާގެ އެންމެހާ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުވައިފިއެވެ.

ތަޢުޒިޔާ ފޮނުވަމަށް ރައީސް ސޯލިހް ރޭ ފަތިހުގެ ވަގުތެއްގައި ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ ސުޝްމާ އަކީ އާންމުންނަށް ހިދުމަތް ކޮށްދެއްވުމުގައި ފާހަގަ ކޮށްލެވޭ ހާރިޖީ ވަޒީރެއްކަމަށެވެ. އަދި ސުޝްމާ އަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއްކަން ރައީސް ސޯލިހު ފާހަގަ ކުރެއްވެވިއެވެ.

ސުޝްމާ އަވަހާރަވެވަޑައިގެންނެވީ އިއްޔެ ހަވީރުގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިވަޑައިގެން، ނިއުދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް) ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް