އާތިފް ޝުކޫރު ޖަވާބުދާރީވާނެ ފުރުސަތުދޭން މަޖިލީހުން ނިންމައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ކުރީގެ ވެރިޔާ، އާތިފް ޝަކޫރުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމަ...

07 Aug 2019 | 05:09

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ކުރީގެ ވެރިޔާ، އާތިފް ޝަކޫރުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް އެދިވަޑައިގެންނެވި ފުރުސަތު އޭނާއަށް ދޭން މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދި އާތިފް މަޖިލީހަށް ސިޓީއެއް ފޮނުވައިފައިވަނީ މިދިޔަ ޖުލައި މަހުގެ16 ވަނަ ދުވަހުއެވެ. އެ ސިޓީގެ ޖަވާބު ދެއްވަމުން މަޖިލީހުން ބުނެފައިވަނީ އޭނާ އެދިވަޑައިގެންނެވި ގޮތަށް މާދަމާ އޭނާއާއި ބައްދަލުކުރަން ނިންމާފައިވާނެކަމަށެވެ.

އާތިފް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގައި މަސައްކަތްކުރި މުއްދަތުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ތެރޭގައި ހިނގާފައިވާ ހިޔާނާތުގެ ކަންކަން އެ ޔުނިޓުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި ނަމަވެސް އެކަން ބެލުމަށް އިހުމާލުވެފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް އެ މައްސަލާގައި އެސްއޯއެފް އަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފް އަންގައިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.

އާތިފް އެފްއައިޔޫގެ ހެޑްގެ ގޮތުގައި މަސައްކަތް ކުރީ 2014 ވަނަ އަހަރު ނޮވެމްބަރުން ފެށިގެން 2015 ވަނަ އަހަރުުގެ ޖޫން މަހާ ހަމަޔަށެވެ. އާތިފްގެ އިތުރުން ނީޒާ އިމާދުވެސް ވަނީ ޖަވާބުދާރީވުމުގެ ފުރުސަތަކަށް މާލިއްޔަތު ކޮމިޓީގައި އެދިވަޑައިގެންފަ އެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް