ރެއާލްއަށް ބަދަލުވުމާ ގާތުގައި ހުރި ކޯޓުއާގެ ބަދަލުގައި ކެޕާ ހޯދަން ޗެލްސީން މަސައްކަތް ކުރަނީ

ޗެލްސީން އެތުލެޓިކް ކްލަބްގެ ގޯލްކީޕަރ ކެޕާ އެރިޒެބަލާގާގެ އެއްބަސްވުން އުވާލެވޭ އަގުކަމަށްވާ 80 މިލިޔަން ޔޫރޯ ދެއްކުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ބެލެވޭގޮތުގައި ޗެލްސީން އާ...

07 Aug 2018 | 17:41

ޗެލްސީން އެތުލެޓިކް ކްލަބްގެ ގޯލްކީޕަރ ކެޕާ އެރިޒެބަލާގާގެ އެއްބަސްވުން އުވާލެވޭ އަގުކަމަށްވާ 80 މިލިޔަން ޔޫރޯ ދެއްކުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ބެލެވޭގޮތުގައި ޗެލްސީން އާ ގޯލްކީޕަރެއް ހޯދުމުގެ މަސައްކަތް ފަށާފައި މިވަނީ އެ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރ ތިބައޯ ކޯޓުއާ ރެއާލްއަށް ބަދަލުވުމަށް ބޭނުންވާތީއެވެ.

އެތުލެޓިކް އިން ކެޕާއަށް އަންނަ އެއްވެސް ބިޑެއް ގަބޫލުކުރަން ތައްޔާރު ނޫންކަމަށް ވުމުން، ކެޕާ ހޯދުމަށް ޗެލްސީއަށް ވާހަކަތައް ފެށެން އޮތް މަގަކީ އޭނާގެ އެއްބަސްވުން އުވާލެވޭ އަގު (ރިލީސް ކްލޯސް) އެކްޓިވޭޓް ކުރުމެވެ. އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުގައި ޗެލްސީން ވަނީ އެ އަގު ދެއްކުމަށް އެއްބަސްވެފައެވެ.

ޕްރިމިއާ ލީގުގެ ޓްރާންސްފާ މާކެޓް އަންނަ ބުރާސްފަތި ދުވަހު ބަންދުވާއިރު، ރެއާލް މެޑްރިޑުން އަންނަނީ އެންމެ ފަހުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި ކޯޓުއާ 35 މިލިޔަން ޔޫރޯއަށް އެ ކްލަބަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. ކޯޓުއާގެ އާއިލާ ސްޕެއިންގައި ދިރިއުޅޭއިރު، އޭނާ ވެސް ރެއާލްއަށް ބަދަލުވާން ބޭނުންވެއެވެ. އެހެންކަމުން ޗެލްސީއަށް އޮތީ ބުރާސްފަތި ދުވަހުގެ ކުރިން ކެޕާގެ ޓްރާންސްފާގެ ކަންތައްތައް ނިންމުމެވެ.

ކޯޓުއާ ރެއާލްއަށް ބަދަލުވާން ބޭނުންވާކަން އެނގުމާއެކު، ޗެލްސީން އެންމެ ފުރަތަމަ މަސައްކަތް ކުރީ އެލީސަން ގެނައުމަށެވެ. އެހެނަސް، ލިވަޕޫލް އިން ވަނީ އެލީސަން ގަނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް