މަހުސަރު ދުވަހުވެސް ރައީސުލްޖުމްހޫރިއްޔާއަކަށް މާފެއް ނުދޭނަން: ރިލުވާނުގެ މަންމަ

ގިޔާމަތް މަހުސަރު ދުވަހުވެސް ރައީސުލްޖުމްހޫރިއްޔާ އަކަށް މާފެއް ނުދޭނެ ކަމަށް، ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަންމަ ބުނެފި އެވެ. ރިލްވާންގެ މަންމަ މިހެން ބުނެފައިވަނީ ސަނ...

07 Aug 2018 | 17:37

ގިޔާމަތް މަހުސަރު ދުވަހުވެސް ރައީސުލްޖުމްހޫރިއްޔާ އަކަށް މާފެއް ނުދޭނެ ކަމަށް، ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަންމަ ބުނެފި އެވެ.

ރިލްވާންގެ މަންމަ މިހެން ބުނެފައިވަނީ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެވެ.

ގިސްލާ ރޮމުން ދީފައިވާ އެ އިންޓަވިއުގައި ރިލުވާނުގެ މަންމަ ބުނެފައިވަނީ މަރުވި ކަމެއްވެސް ވީތަނެއްވެސް ނޭނގޭ ކަމަށްމި ވީހާ ދުވަހު ބުނި ކަމަށެވެ.

"އެކަމަކު މިއަދު  ޓަސްލާފަ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މި ވިދާޅުވީ ރިލުވާނު މަރުވެއްޖޭ، ކިރިޔާއެއްނު މަރުނުވީ ޝޮކެއް ޖެހިގެން އަޅުގަނޑަކީ، ވީ ގޮތެއްވެސް ނޭނގެ" ރިލުވާނުގެ މަންމަ ބުނެފައި ވެ އެވެ.

ރައީސް ޔާމީން ވިދާޅުވީ "މިނިވަން ނޫހުގެ ނޫސްވެރިޔަކަށް އުޅޭ ރިލްވާން، މިހާރު ވަނީ ނިޔާވެފަ، ޝައްކެއްވެސް ނެތް، ވަރަށް ހިތާމަހުރި ކަމެއް" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް