އެމްޕީ އަމީތު އާއި އެމްޕީ އަބްޅޯ ދޫކޮށްލައިފި، ރައީސް ޔާމީން ބަލިކުރާނެ ކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައްދުއަށް ވަޑައިގަތުމުގެ  ވަގުތުކޮޅެއް ކުރިން އެ ރަށުން ހައްޔަރުކޮށްފައިވާ މަޑުއްވަރީ ...

07 Aug 2018 | 15:48

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައްދުއަށް ވަޑައިގަތުމުގެ  ވަގުތުކޮޅެއް ކުރިން އެ ރަށުން ހައްޔަރުކޮށްފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ދޫކޮށްލައިފިއެވެ.

މި ދެ މެމްބަރުންވެސް ހައްޔަރުކޮށްފައިވާ ސަބަބެއްކަމަށް ހުއްޓުވުނު މީހުން ދޫކޮށްލާއިރު ދެވޭ މަޢުލޫމާތު ފޯމުގައިވަނީ ރައީސުލްޖުމްހޫރިއްޔާ ގައްދޫއަށް ވަޑައިގެންނަވާ ރަސްމީ ދަތުރުފުޅާ ދިމާކޮށް އެކަމަށް ހުރަސްއެޅޭފަދަ ހަރަކާތްތައް ކުރިޔަށްގެންދާނެކަމަށް ބެލެވޭތީވެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމުގައެވެ.

ދެ މެމްބަރުން ދޫކޮށްލުމާއެކު ދެ މެމްބަރުންވެސް ވިދާޅުވެފައިވަނީ ރައީސް ޔާމީން ބަލިކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށާއި ރައީސް ޔާމީން ބަލިކުރާނެކަމުގައެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރ މުހައްމަދު އަމީތު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ އަމީތު ހައްޔަރުނުކޮށް ރައީސް ޔާމީނަށް ގައްދޫއަށް އަރައިވަޑައިނުގެންނެވުމަކީ ރައީސް ޔާމީންގެ ނުކުޅެދުންތެރިކަން ކަމުގައެވެ. އަދި 3500 މީހުންގެ އާބާދީއަކުން ޖަލްސާއަށް 100 މީހުން ހަމަނުކުރެވުނީ ތާޢީދުނެތުމުން ކަމަށް އަމީތު ވަނީ ވިދާޅުވެފައެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ އަހުމަދު ކުރައްވާފައިވަ ޓްވީޓްގައި ވިދާޅުވެފައިވަނީ ކިތަންމެ އުނދަގޫ ކުރިމަތިކުރުވި ނަމަވެސް މިވެރިކަން ނިމުމަކަށް ގެނައުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމުގައި ފަސްނުޖެހޭނެކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާއިރު އަމީތު އާއި އަބުޅޯ އަކީ މި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ ދެ މެމްބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް