ރައީސް ގައްދުއަށް ވަޑައިގަތުމުގެ ކުރިން އެމްޕީ އަބުޅޯ އާއި އެމްޕީ އަމީތު އެ ރަށުން ހައްޔަރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައްދުއަށް ވަޑައިގަންނަން ހަމަޖެހިފައިވާއިރު އޭގެ ވަގުތުކޮޅެއް ކުރިން އެ ރަށުން މަޑުއްވ...

07 Aug 2018 | 11:53

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައްދުއަށް ވަޑައިގަންނަން ހަމަޖެހިފައިވާއިރު އޭގެ ވަގުތުކޮޅެއް ކުރިން އެ ރަށުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ހައްޔަރުކޮށްފިއެވެ.

މި ދެ މެމްބަރުން ހައްޔަރުކޮށްފައިވަނީ އެ ރަށުގައި ކެމްޕޭނު ހަރަކާތްތަކެއް ކުރިއަށް ގެންގޮސް ޑޯޓުޑޯގައި އުޅުއްވަނިކޮށް ކަމުގައި މައުލޫމާތު ލިބެ އެވެ.

މިކަމާއި ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކަކުން ފެންނަގޮތުގައި އެ ދެމެމްބަރުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި އެވެ. އަދި އެ ދެމެމްބަރުންގެ ގާތް ބައެއް ބޭފުޅުން އެކަން ކަށަވަރުކޮށްދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް